Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 00:27
މިނިސްޓަރު މަހުލޫފު
މިނިސްޓަރު މަހުލޫފު
ޝުއައިބް މުހައްމަދު އިގްބާލް
ތަރައްގީގެ މަޝްރޫއު
ދުވެލި ރަނގަޅު، ކަންކަން ވާނެ: މިނިސްޓަރު މަހުލޫފު
ފުރަތަމަ 100 ދުވަހުގެ 93 އިންސައްތަ ކާމިޔާބު ކުރެވިފައި
ދެން ހުރި ކަންކަން ކުރުމަށް ދަނީ ރާވަމުން

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ ރަނގަޅު ދުވެލީގައި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަޑު ދުވެލި ދޫކޮށް، ސަރުކާރުގެ ގިޔަރު މަތިކޮށްލަންޖެހޭ!ސުރުހީގައި ރާއްޖެ.އެމްވީގައި ޝައިއުކުރި ރިޕޯޓަކާ ގުޅިގެން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހަށް ވެވަޑައިގެންނެވި ވައުދުފުޅުގެ 93 އިންސައްތަ ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

Advertisement

މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ދެންހުރި ވައުދުތަކަކީ ވެސް 5 އަހަރު ތެރޭގައި ކޮށްދެއްވަން ވަޑައިގެންނެވި ކަންކަން ކަމަށެވެ. އަދި އެކަންކަން އެގެންދަވަނީ ރާވަވަމުން ކަމަށާއި، ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށާއި، ދުވެލީގައި މައްސަލައެއް ނޫޅޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މުއްދަތަށް 83 އިންސައްތަ ފުރިހަމަކުރެވުުނުކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އަދި އައު މަޖިލީހާއެކު ވައުދުތައް ފުއްދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގެންދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 ޖޫން 2019 | ބުރާސްފަތި 11:23
ބޮނޑަގޭ ދޮންއަލިޔެ
މި އައްޑޫ އަށް ކޮއްދޭއް ބެނި ކަމަށް އަދި ނިވެއި. ހުވަފެން ދެއްކީ. ވީކަމަށް ހުޅަސް ފަޑަފޭހެއް. ބިމަށް ނިހިއްކެއި. މަގަށް ނިހެދެއި، ކަރަންޓް ހެވަށް ނިވެއި، ނަރަދަމާ ފެން ނިިލިބެއި، ރަށިއެތެރުން ކުރިއެރުމަށް ނިފެނެއި. ކައުންސިލެޔަސް ތިބީ ސަރުކާރަ ލެކަށް ފޮނި އަނގަ ހަޖާމުބޭބޭ މެއްޔަ. ވޭކަމަށް ވީކަމަށް ކެރާކަމަށް ބަޅިމަހަސް ހަރާން. ދެން
13 ޖޫން 2019 | ބުރާސްފަތި 05:19
އައި
އެންމެން ފިނިހަކަ އޭ ކިޔާއިރު މި ބޭފުޅާ ލޮލަށް ހިރަފުސް ބުރާފަ....