Advertisement
ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 00:19
ހިތަދޫގެ ފިހާރައެއް ފަޅާލައި ނެގި ތިޖޫރި ވަލުތެރެއަށް އެއްލާލާފައި
ހިތަދޫގެ ފިހާރައެއް ފަޅާލައި ނެގި ތިޖޫރި ވަލުތެރެއަށް އެއްލާލާފައި
ޕޮލިސް
ވައްކަމުގެ މައްސަލަ
ހިތަދޫ ފިހާރައެއް ފަޅާލައި، ތިޖޫރި ވަގަށް ނެގި މައްސާލަގައި ތިން މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 19 އަހަރާއި 26 އަހަރުގެ އިތުރުން 30 އަހަރުގެ ފިރިހެނެއް
14000 ރުފިޔާ އާއި 1200 ޑޮލަރު ހޯދާފައިވަނީ ހޯދާފައި

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއް ފަޅާލައި، އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރި ވަގަށް ނެގި މައްސާލަގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 19 އަހަރާއި 26 އަހަރުގެ އިތުރުން 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި ތަހުގީގުން ތިޖޫރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 14000 ރުފިޔާ އާއި 1200 ޑޮލަރު ހޯދާފައިވާ ކަމަށެވެ. އަދި މިތިން މީހުންގެ ބަންދަށް 15 ދުވަސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ކުރި ތަހުގީގުން ތިޖޫރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 14000 ރުފިޔާ އާއި 1200 ޑޮލަރު ހޯދާފައިވާ ކަމަށެވެ.

އައްޑޫ ހިތަދޫ އެޕޯލޯ ނަމަކަށް ކިޔާ ފިހާރައިގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ ތިޖޫރި ވަގަށް ނެގީ މެއި 31 ވަނަ ދުވަހުއެވެ. އަދި ވަގަށް ނެގި ތިޖޫރީގައި 1،200 ޑޮލަރާއި 27،704 ރުފިޔާ ހުރި ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް