Advertisement
ކ. މާލެ
|
12 ޖޫން 2019 | ބުދަ 15:51
ޖަމްޢިއްޔާގެ މަގްސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުން
ޖަމްޢިއްޔާގެ މަގްސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުން
ރައީސް އޮފީސް
ޑީޖޭއޭ
ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ނިންމައިފި
ޖަމިއްޔާ އުފެއްދުމަށް ނިންމާފައިވަނީ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި
ޖަމިއްޔާ އުފެއްދުމަށް ޔޫތް މިނިސްޓްރީ އަށް ވަނީ ހުށައަޅާފައި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް ނިންމާފައިވާ ކަަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ( ޑީޖޭއޭ) އިން ބުނެފިއެވެ.

ބުދަ ދުވަހު ޑީޖޭއިން އާއްމުކުރި ބަޔާނެއްގައި ބުނީ، ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް މޭ މަހުގެ 21 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމެވުމާގުޅިގެން، އެ ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މޭ މަހުގެ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ވަނީ ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

ޤާނޫނު ނަންބަރު 2010/13 ގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްގުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަގްސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުން ކަމަށް އެ ބަޔާނުގައިވެއެެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ނިންމާފައިވާއިރު، ރާއްޖޭގެ ކޯޓުގެ ތަކުގެ ފަނޑިޔާރުންގެ ނިންމާ ނިންމުންތަކަށް ފަހަކަށް އައިސް އާއްމުންގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ފަނޑިޔާރުގެ ވަނީ ''ތަޢައްޔަރު'' ވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ދަނީ ތުހުމަތު ކުރައްވަމުުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް