Advertisement
ކ. މާލެ
|
12 ޖޫން 2019 | ބުދަ 13:13
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ވައްކަމާއި ފޭރުން
ބިދޭސީއަކަށް ވަޅިން ބިރު ދައްކާ ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި
އޭނާއަކީ އުމުރުން 26 އަހަރުގެ ފިރިހެނެއް
ފޭރިގެންފައިވަނީ ފޯނަކާއި 1000 ރުފިޔާ

ބިދޭސީއަކަށް ވަޅިން ބިރު ދެއްކުމަށްފަހު ފައިސާތަކެއް ފޭރިގަނެގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ، ބުދަ ދުވަހު ހެނދުނު 7:57 ހާއިރު ފާށަނާ ކިލެގެ މަގުން ހިނގާފައި ދިޔަ ބިދޭސީއަކަށް ބިރުދެއްކުމަށްފަހު ފައިސާތަކެއް ފޭރިގަނެގެން ފިލަން އުޅެނިކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ފެނިގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

ބިދޭސީ މީހާ އަތުން ފޯނުގެ އިތުރުން 1،000ރ ފޭރިގަނެފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް