Advertisement
ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 23:50
ނައިބް ރައީސް ފައިސަލް މައުރަޒުގެ ފޮޓޯއެއް ބައްލަވާލަނީ، އަރިހުގައި ގައުމީ އަރުޝީފްގެ ޑިރެޖްޓަރ ޝާތިރު
ނައިބް ރައީސް ފައިސަލް މައުރަޒުގެ ފޮޓޯއެއް ބައްލަވާލަނީ، އަރިހުގައި ގައުމީ އަރުޝީފްގެ ޑިރެޖްޓަރ ޝާތިރު
ރައީސް އޮފީސް
ނެޝަނަލް އާރޓް ގެލަރީ
ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ މައުރަޒެއް ފަށައިފި
މައުރަޒް ހުޅުވައިދެއްވީ ނައިބް ރައީސް
މައުރަޒް ކުރިޔަށް ދަނީ ތިން ދުވަހުގެ މުއްދަތަށް
ހާއްސަ ޕްރެޒެންޓޭޝަނެއް ވަނީ ދީަފއި

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީހީ ފޮޓޯ އެކުލެވޭ މައުރަޒެއް ނޭޝަނަލް އާރޓް ގެލަރީގައި ހުޅުވައިފި އެވެ. އެ މައުރަޒް ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

އެ މައުރަޒަކީ ގައުމީ އަރުޝީފްއާ އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ދިވެހި ވެއްޓަށް އައިސްފައިވާ ބަދަލުތައް ފޮޓޯގެ ޒަރިއްޔާއިން މައުރަޒު ކުރެވިގެންދާއިރު ތިމާވެއްޓާ ގުޅޭ ތާރީހީ ލިޔުންތައް މައުރަޒުން ފެނިގެންދެއެވެ. މައުރަޒު ކުރިޔަށްދާނީ މި ހަފްތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހާ ހަމަޔަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

މައުރަޒު ހުޅުވިފައި ހުންނާނީ ބުދަ ދުވަހުގެ ހެނދުނު 10 އަކުން 12 އަށެވެ. އަދި މެންދުރު ފަހު ދޭކުން ހަވީރު ހަޔަކަށް އަދި އެރޭ އަށެއް ޖަހަންދެނެވެ. ބުރާސްފަތި ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު ދިހައަކުން 12 އަށެވެ. މައުރަޒު ހުޅުވުމަށްފަހު ވަނީ ހާއްސަ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

ޕްރެޒެންޓޭޝަން ދިނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާރޗް އެނަލިސްޓު އަލާ ދީދީއެވެ. އާއްމުންނަށް ހުޅުވާލައިގެން ބޭއްވި އެ ޝެޝަންގައި ދިވެހި ތާރީހުގެ ތެރެއިން ތިމާވެށި ހިމާޔާތްކުރުމަށް ގެންގުޅެފައިވާ އުސޫލުތަކަށް ކަމުގައިވާ ފޯކުލޯރު، ވަގުފްތައް، ސަގާފީ ގަބޫލުކުރުންތައް، ވެރިކަމުގެ ނިޒާމުގެ ތެރެއިން އަދި ގާނޫނާއި ގަވާއިދުތަކަށް ވަނީ އަލިއަޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް