Advertisement
ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 18:30
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީފި
ހުއްދަދީފައި ވަނީ އައިލާއިން އެދިގެން
ބަންދުގެ މުއްދަތު ހަމަވާނީ ބުރާސްފަތި ދުވަހު

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މޯލްޑިވިއަން ކަރެކްޝަނަލް ސާރވީސް އިން ދީފިއެވެ.

Advertisement

އަންގާރަ ދުވަހު ކަރެކްޝަނަލް ސާރވީސް އިން ކުރި ޓްވީޓެއްގައި ބުނީ، އަދީބް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ އެ ހުއްދަ މޯލްޑިވިއަން ކަރެކްޝަނަލް ސާވީސް އިން ދީފައިވާ ކަމަށެވެ.

އަދީބުގެ ބޭސް ފަރުވާއާ ބެހޭ ގޮތުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އަދީބު ބޭސްފަރުވާ އަށް ހުއްދަ ދީފައިވާ ވަނީ އާއިލާއިން އެދިގެން ކަމަށެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި ކިޑްނީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު މީގެ ކުރިން ވެސް ގެއަށް ބަދަލު ކުރިއެވެ.

އަދީބްގެ ލޮލަށް ޖެހިފައިވާ ގްލޮކޯމާއަށް ފަރުވާދިނުމަށް އަދީބްގެ އާއިލާ އިން މީގެ ކުރިން ވަނީ އެތަކެއް ފަހަރު މަތިން އެދިފައެވެ.

އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާ އަށް ހިޔާނަތްތެރިވި ކަމުގެ ކުށުގައި އަދީބުގެ މައްޗަށް ކޮށްފައިވާ 15 އަހަރުގެ ހުކުމް ބާތިލްކޮށްފައިވާއިރު އެ މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

އަދީބު ބޭސްފަރުވާ އަށް ދާން ހުއްދަދީފައިވާއިރު، މިހާރު އެމަނިކުފާނު ތަންފީޒު ކުރަމުން ގެންދަވަނީ ކޯޓު ހުރުމަތް ކެނޑިކަމުގެ ކުށުގައި ކުރި 15 ދުވަހުގެ ހުކުމެވެ. އަދީބުގެ ގޭ ބަންދުގެ މުއްދަތު ހަމަވާނީ ބުރާސްފަތި ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް