Advertisement
ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 10:48
ނަސްތާ ޕްރޮގްރާމް އިފްތިތާފްކުރި ރަސްމިއްޔާތުގެ ތެރެއިން
ނަސްތާ ޕްރޮގްރާމް އިފްތިތާފްކުރި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ހެނދުނުގެ ނާސްތާ ޕްރޮގްރާމް
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށައިފި
މިޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ނައިބު ރައީސް ފައިސަލް
މިއަދަކީ ހާންތިކަމާއެކު ސްކޫލަށް އައުން ނިމޭ ދުވަސް
ދަރިވަރުންގެ މެދުގައި އިޖްތިމާއީ ގުޅުންތައް ބަދަހިވޭ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށައިފިއެވެ.

އަންގާރަ ދުވަހު ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިޕްރޮގްރާމް އިފްތިތާފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިޓާމަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި މޭވާ އަޅާ މޫސުން ކަމަށާއި، ހުސްބަނޑާ ހާންތިކަމާއެކު ދަރިވަރުން ކިޔެވުމަށް އަންނަ އައުން ނިމޭ ދުވަސް ކަމަށެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި، ތަރުބިއްޔަތާއި، އަހުލާގާއި، ހެދިބޮޑުވުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.

Advertisement

މިދިޔަ ޓާމްގައި އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި ނާސްތާ ދިނުމުގެ ޕްރޮގްރާމް ހިންގާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމްގެ ނަތީޖާ ދައްކާ ގޮތުން ނާސްތާގެ ސަބަބުން ދަރިވަރުން ފިލާވަޅަށްދޭ ސަމާލުކަން އިތުރުވެފައިވާ ކަމަށާއި، ސްކޫލަށް ގަޑިޖެހިންގެ އަންނަ ކުދިންގެ އަދަދު މަދުވެފައިވާ ކަމަށެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ އެސެމްބްލީގައި އަނބުރައިގަނެގެން ވެއްޓޭ ކުދިންގެ އަދަދު މަދުވެ، ހެލްތް ރޫމްއަށް ދާ ދަރިވަރުންގެ އަދަދު ވެސް މަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންގެ މެދުގައި އިޖްތިމާއީ ގުޅުންތައް ބަދަހިވެ، ކެއުންބުއިމުގެ ރީތި އާދަތަކަށް އަހުލުވެރިވަމުން އަންނަ ކަމަށާއި، ދަރިންވަރުންނާއި، ބެލެނިވެރިންނަށް މިންހެޔޮ ކާނާގެ މުހިންމުކަން ވިސްނި ކެއުންބުއިމުގެ އާދަތަކަށް އެދެވޭ ބަދަލުތަކެއް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހެނދުނުގައި 180 ރަށެއްގައި ޖުމްލަ ފަންސާސް ހަތްހާސް އަށްސަތޭކަ ސަތާރަ ދަރިވަރުން ތިޔަ ކުދިންނާއެކު ނާސްތާ ކުރާނެ. މިކަމުގެ ސަބަބުން ފައިދާ ކުރަނީ ހަމައެކަނި ދަރިވަރުންނަށްށާއި، އެކުދިންގެ މައިންބަފައިންނަށް އެކަންޏެއް ނޫން. މިމަޝްރޫއުގެ ސަބަބުން އެތައް ރަށެއްގައި އިގްތިސާދީ އާ މަސައްކަތަކެއް ފެށިގެންދާނެ. ދަނޑުވެރިކަމާ ވިޔަފާރިއަށް ހެޔޮ އަސަރުތަކެއް ކުރާނެ. ރާއްޖޭގައި ދައުރުވާ ފައިސާ އިތުރުވެގެންދާނެ. ކާނާ ތައްޔާރުކުރުމާއި، ކޮންޓްރެކްޓް ވިޔަފާރިއަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ،"
މިނިސްޓަރު އައިޝަތު އަލީ

ދަރިވަރުންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ޖޫން 2019 | އަންގާރަ 16:03
އީމެއިލް ކުރައްވާ
ކާކުބާ ކޮލިޓީ ކޮންޓުރޯލް ކުރަނީ!؟ Hazard analysis and critical control points, or HACCP