Advertisement
ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 10:56
ނައިބް ރައީސް ފައިސަލް
ނައިބް ރައީސް ފައިސަލް
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް ނަސީމް
ނާސްތާ ޕްރޮގްރާމުން ދަރިވަރުންނަށް އެތައް ކަމެއް ދަސްވާނެ: ނައިބް ރައީސް
ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރުމަށް މިއީ ލިބޭ އެންމެ ފަހި ފުރުސަތު
އެކުގައި މަސައްކަތް ކުރަން ދަސްވާނެ

ނާސްތާ ޕްރޮގްރާމުން ދަރިވަރުންނަށް ލިބެނީ ނާސްތާ އެކަނި ނޫން ކަމަށާއި، ދަރިވަރުންނަށް އެތައް ކަމެއް ދަސްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުރިހާ ސްކޫލަކަށް ނާސްތާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ މިއަދަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، ދިވެހި ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ފުރިހަމަވެގެންދާ ދުވަސް ކަމަށެވެ. ރައީސުލްޖްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނާސްތާ ޕްރޮގްރާމްއަށް ޚާއްސަ އިސްކަމެއް ދެއްވަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން ކަމަށް ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.

Advertisement

ނާސްތާގެ މިޕްރޮގްރާމްގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަން ފާހަގަ ކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތްތަކާއި، އެކަކު އަނެކަކާއެކު މަސައްކަތް ކުރާނެ ގޮތާއި، ތިމާއެކު މަސައްކަތް ކުރާ އެހެން މީހުންނަށް އިހުތިރާމްކޮށް އެންމެންގެ ހައްގުތަކެއް ވާކަން ދަނެގެން ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ދަސްވާނެ ކަމަށެވެ. މީގެ އިތުރުން ވެސް ދަރިވަރުންނަށް އެތައް ކަމެއް ދަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ހަގީގަތަކީ މިގައުމުގެ މުސްތަގުބަލް އޮތީ ތިޔަ ލޮބުވެތި ދަރިވަރުންގެ އަތްމަތީގައި. އެހެންވީމަ ގައުމު ތަރައްގީކޮށް ގައުމަށް ރަނގަޅު ދުވަސްތަކެއް ހޯދައިދީ ރަނގަޅު މުސްތަގުބަލެއް ހޯދުމަށްޓަކައި މިއަދު ގަދައަޅާ ހުރިހާ ކުދިން މަސައްކަތް ކުރަން އެބަޖެހޭ. މާދަމާގެ މިދިވެހިރާއްޖެ ވެގެންދާނީ ތިޔަ ދަރިވަރުން ހަވާލުވާ ގައުމަކަށް. އެހެންވީމަ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ދަރިވަރުންނަށް ގޮވާލަން އޮތީ ތިޔަ ކުދިން މިއަދު ތައްޔާރުވާށޭ
ނައިބް ރައީސް ފައިސަލް

ނައިބް ރައީސް ފައިސަލް ވިދާޅުވީ ނާސްތާ ޕްރޮގްރާމް ކާމިޔާބުވީ ގިނަ ބައެއްގެ މަސައްކަތުންނާއި، މިމަސައްކަތްކާއެކު ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މަގު ދެއްކުމުގައި މުޅި ގައުމު ޝާމިލްވެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް