Advertisement
ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 09:26
އީސީގެ މެމްބަރު އަހުމަދު އަކްރަމް
އީސީގެ މެމްބަރު އަހުމަދު އަކްރަމް
ޝުއައިބް މުހައްމަދު އިގްބާލް
އިލެކްޝަންސް ކަމިޝަން
ޕީޕީއެމަށް ފައިސާ ދޫކުރުން ލަސްވީ "ޓެކްނިކަލް އެރަރ" އަކުން: އަކްރަމް
ޕީޕީއެމަށް އަންނަ ހަފްތާގައި ފައިސާ ދޫކުރާނެ
ޕީޕީއެމް އަށް 9 މިލިއަން ރުފިޔާ ލިބޭ
އަނެއް ތިން ޕާޓީއަށް ވަނީ ފައިސާ ދޫކޮށްފައި

ހަތަރު ޕާޓީ އަށް ވެސް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ކަމަށާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ފައިސާ ދިނުން ލަސްވެފައިވަނީ "ޓެކްނިކަލް އެރަރ" އަކުން ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް މެއި 23 ގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވި ކަމަށެވެ. ނަމަވެސް ޕީޕީއެމަށް ފައިސާ ދޫކުރަން ނުފޮނުވި އޮތީ ޓެކްނިކަލް އެރަރއަކާ ހެދިކަމަށާއި އެކަން ރަނގަޅު ކުރުމަށްފަހު އެ ޕާޓީއަށް ފައިސާ ދޫކުރަން އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕީޕީއެމް އަށް ފައިސާ ދޫކުރަން އެނގުން ލަސްވެގެން ދިޔަ މައްސަލައިގެ ތަފްސީލެއް އަކްރަމް ވިދާޅެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން ވިދާޅުވީ ޕީޕީއެމަށް އަންނަ ހަފުތާ ތެރޭގައި ފައިސާ ޖަމާކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

ޕާޓީތަކަށް ފައިސާ ލިބޭ ގޮތް:

Advertisement

1. އެމްޑީޕީ: 12،809،191.09ރ.(ބާރަ މިލިއަން އަށްލައްކަ ނުވަހާސް އެއްސަތޭކަ ނުވަދިހަ އެއް ރުފިޔާ)

2.ޖުމްހޫރީ ޕާޓީ: 2،059،960.36ރ.( ދެމިލިއަން ފަންސާސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ)

3. ޕީޕީއެމް: 9،377،167.06ރ.(ނުވަމިލިއަން ތިންލައްކަ ހަތްދިހަ ހަތްހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ)

4.އެމްޑީއޭ: 2،031،754.50ރ.(ދެމިލިއަން ތިރީސް އެއްހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާ)

އީސީއިން މިފަހަރު ފައިސާ ދޫކުރާނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ގެ ނިޔަލަށް ޕާޓީތަކުގައި ތިބި މެމްބަރުންގެ ތެރެއިން 10،000 މެމްބަރުންނަށް ވުރެ އިތުރަށް ތިބި ޕާޓީތަކަށެވެ. މިދިޔަ އަހަރު ވެސް އީސީން ފައިސާ ދޫކުރީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އަދި އެމްޑީއޭއަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ 31 އިން ފެށިގެން މި އަހަރުގެ މެއި މަހާ ހަމައަށް 10،000 މެމްބަރުން ހަމަވަނީ އެންމެ ދެ ޕާޓީއަށެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމް އެކަންޏެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައި ލައްކައަށް ވުރެ މަތިވެފައިވާއިރު، ކުރިން އެންމެ މެމްބަރުންގެ ގިނަ ޕާޓީ ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވަނީ 38،000 ވެއްޓިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް