Advertisement
ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 01:32
މިސަރުކާރުގެ މިނިސްޓަރުން
މިސަރުކާރުގެ މިނިސްޓަރުން
ރައީސް އޮފީސް
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކ
މިނިސްޓަރުން ކަޑައެޅުމުގެ ކުރިން ސުވާލު ކުރަންޖެހޭ ގޮތަށް ކޮމިޓީގެ އުސޫލަށް ބަދަލު ގެނެސްފި
ދާއިރާއެއް ކުރި އެރުވުމަށްޓަކައި އޭނާގެ އޮތް އާންމު ތަސައްވުރާއި ބެހޭގޮތުން ސުވާލު ކުރާނެ

މިނިސްޓަރުން (ވަޒީރުން) ކަޑައެޅުމުގެ ކުރިން ސުވާލު ކުރަންޖެހޭ ގޮތަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ނިންމައިފިއެވެ.

ވަގުތީ ގަވައިދު ކޮމިޓީއިން ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގައި ހިމަނާފައިވާ 16 ކޮމިޓީއަށް އުސޫލުތައް ކަނޑައެޅުމަށެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ނިންމީ މަގާމަށް ރައީސް އައްޔަން ކުރެއްވުމަށްފަހު ފާސްކުރެއްވުމަށް ތަޅުމަށް ފޮނުވާލުމުގެ ކުރިން އެ ވަޒީރަކީ ގާބިލު ބޭފުޅެއްތޯ ކޮމިޓީ މެދުވެރިކޮށް ބެލުމަށެވެ.

Advertisement

އެގޮތުން އެކޮމިޓީގެ އުސޫލުގެ ތެރެއިން ވަޒީރުން ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކޮށް އޭނާއާއި ސުވާލުކުރެވޭނެ ގޮތެއް އޮންނަން ވާނެކަމަށް މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ. އޭނާ އެމަގާމަށް ގާބިލުތޯ އެ ކޮމިޓީއިން ނިންމުމަށްފަހު ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭގޮތަށް ވަނީ ބަދަލު ކޮށްފައެވެ. ވަޒީރުންނަށް ރުހުން ދޭންޖެހޭ މައްސަލަތަކުގައި އެ މަގާމަކަށް އެމީހަކު ގާބިލު ކަން ނުވަތަ ނޫންކަން، އެމަގާމަކާއި ގުޅޭ މައުލޫމާތު އެމީހަކަށް ލިބިގެން ވާކަން ނުވަތަ ނޫންކަން އެ ދާއިރާއާއި ގުޅޭ ގޮތުން އެއްވެސް ތަޖުރިބާއެއް ހުރިކަން ނުވަތަ ނޫންކަން، އެ ދާއިރާއެއް ކުރި އެރުވުމަށްޓަކައި އޭނާގެ އޮތް އާންމު ތަސައްވުރާއި ބެހޭގޮތުން ކޮމިޓީގެ މަރުހަލާގައި އޭނާއާ ސުވާލު ކުރަން ޖެހޭނެކަމަށް އެ ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ވަޒީރެއްގެ ޒާތީ މައުލޫމާތާއި ފަންނީ މައުލޫމާތު ހޯދުމަށް ކަމަށް ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ އެހެން މެމްބަރުން އެ މަޖިލީހަށް އައްޔަން ކުރުމަށްފަހު ވެސް މަޖިލީހުން ރުހުން ހޯދަން ޖެހޭ ގޮތަށް އުސޫލު ކަނޑައަޅާފައެވެ.

ވަޒީރުން ކަނޑައެޅުމުގެ ކުރިން ސުވާލު ކުރެވޭގޮތަށް އުސޫލުތައް ބަދަލުކޮށްފައިވާއިރު މިސަރުކާރުގައި ތިއްބެވި ބައެއް މިނިސްޓަރުން އައްޔަން ކުރުމާއެކު ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ބައެއް މިނިސްޓަރުންނަކީ ނާގާބިލް މިނިސްޓަރުން ކަމަށް ބުނެ ވަނީ ފާޑު ކިޔާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
11 ޖޫން 2019 | އަންގާރަ 10:35
ހެއްހޭ
މީ އެގްޒެކެޓިވް އަށް އަތްބޭނުން. ރައީސުލް ޖުމްހޫރިއްޔާ ބޭނުންމީހެއް ކެބިނެޓަށް ލެވެންވާނެ.
11 ޖޫން 2019 | އަންގާރަ 10:11
އެޖެންޑާ 19
ގާބިލް ނޫން މެމްބަރުން އަދި ވަޒީރުން ގާބިލްތޯ މި ބަލަނީ. ޖޯކެއްދޯ