Advertisement
ކ. މާލެ
|
10 ޖޫން 2019 | ހޯމަ 22:32
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެ އެމްވީ
ހައްޖަށް މީހުން ގެންދިއުން
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް: އޭސީސީ
ދެ ކުންފުންޏެއްގެ ޕްރޮޕޯސަލްތައް ބާތިލް ނުކޮށް އަދި އެ ދެ ކުންފުނި އިވެލުއޭޝަންގައި ބައިވެރިކޮށްފައިވޭ

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަންތައް ކޮށްފައިވާކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ހައްޖަށް މީހުުން ގެންދިއުމުގެ ހުއްދަދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުންފުނިތަކަށް ހުއްދަދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާތީ އެ މައްސަލަ ކޮމިޝަނުން އިތުރަށް ބެލުމަށް ނިންމާފައިވާކަމަށެވެ.

Advertisement

އޭސީސީން ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ބައެއްކަންކަން ސިޓީގައި ބަޔާންކޮށްފަ އެވެ. އެގޮތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބާތިލް ކުރަންޖެހޭގޮތަށް އެ އުސޫލުގައި އޮތުމުން އެފަދަ ބައެއް ޕްރޮޕޯސަލްތައް ބާތިލް ކުރި ނަމަވެސް، ދެ ކުންފުންޏެއްގެ ޕްރޮޕޯސަލްތައް ބާތިލް ނުކޮށް އަދި އެ ދެ ކުންފުނި އިވެލުއޭޝަންގައި ބައިވެރިކޮށްފައިވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުން ބުނީ ޕްރޮޕޯސަލްތަކަށް ޕޮއިންޓްދޭނެ މިންގަނޑެއް ލިޔުމުން އާންމުކޮށްފައިވީނަމަވެސް، ބައެއް ބައިތަކަށް ޕޮއިންޓްދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކަކީ ސަބްޖެކްޓިވް މިންގަނޑުތަކަކަށްވެފައި ޕޮއިންޓްދިނުމުގައި ޕްރޮޕޯސަލްތައް އަޅާކިޔުމަށްފަހު އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓްދިނުމުގައި ހަމަހަމަ އުސޫލެއް ނެތި، ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބެލެވޭކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވައިލުމުން ކުރިމަތި 18 ކުންފުނީގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިއަހަރު ދީފައި ވަނީ އެކްރޯ ހައްޖު ގްރޫޕާއި މިނާ ހައްޖު ގްރޫޕާއި އަލްހަރަމައިން ހައްޖު ގްރޫޕާއި ޒައި ހައްޖު ގްރޫޕުގެ އިތުރުން ތަޒްކިޔާ ހައްޖު ގްރޫޕަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް