Advertisement
ކ. މާލެ
|
10 ޖޫން 2019 | ހޯމަ 17:00
މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގައި ބަހުސްކުރައްވަނީ
މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގައި ބަހުސްކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
ޖަލުތަކުގެ އޮޑިޓް ރިޕޯޓް
އެޗްއާރްސީއެމްގެ ހުރިހާ މެމްބަރުން ވަކިކުރަންޖެހޭ: ވިސާމް
ޖަލުގައި މަރުވީ މީހުންގެ މައުލޫމާތު ނުހިމަނާ އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި
ކުށުގެ ތުހުމަތު ކުރެވޭ މީހުންނާ މެދު އަމަލުކުރާ އުސޫލު ބަދަލުކުރަން އެބަޖެހޭ
އިންސާނީ ކަރާމާތް ގެއްލޭ ފަދަ ކަންކަން ނުކުރަން ގޮވާލެއްވި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުރިހާ މެމްބަރުން ވަކިކުރަންޖެހޭ ކަމަށް ހައްދުންމަތީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގެ ޖަލު އޮޑިޓާ ބެހޭ ބަހުސްގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިސާމް ވިދާޅުވީ، އިސްލާހަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ މިހާރުން މިހާރަށް އެޗްއާރްސީއެމްގައި ތިބި ހުރިހާ މެމްބަރުން އެ މަގާމުތަކުން ވަކިކޮށްގެން ކަމަށެވެ. ވިސާމް އިތުރަށް ވިދާޅުވީ ޖަލުތަކުގެ ހާލަތު މިހާ ހިސާބަށް ދާން ޖެހުނީ އެ ކޮމިޝަންގައި ތިއްބެވި މެމްބަރުންގެ އިހުމާލުން ކަމަށާއި، އެ ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްގެން ސުވާލުކުރައްވާނެ ކަމަށެވެ.

Advertisement

ވިސާމް ވަނީ ރާއްޖޭގައި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މިހާއާއި ހުކުމެއް ތަންފީޒުކުރާ މީހާއާ މެދު އަމަލުކުރެވެމުން ދަނީ އެއް އުސޫލަކުން ކަމަށް ވިދާޅުވެ އެ އުސޫލު ބަދަލުކުރަން ގޮވާލާފައެވެ.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ ދޫނިދޫ ނުވަތަ މާލޭ ޖަލު ނުވަތަ އަތޮޅު ވެއްސަށް ގެންގޮސްފައި އަމަލުކުރަމުން އަންނަ އުސޫލު އަޅުގަނޑުމެން އެބަ ބަދަލުކުރަން ޖެހޭ
މުހައްމަދު ވިސާމް / ގަމު ދާއިރާގެ މެމްބަރު

ވިސާމް ވަނީ ޖަލު އޮޑިޓް ރިޕޯޓުގައި، ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖަލުތަކުގައި ހިނގައިދިޔަ މަރުތަކުގެ މައުލޫމާތު ހިމަނާފައި ނެތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މިހާރުވެސް އެ ފަރާތްތަކުގެ އާއިލާތަކުން ހިތާމަ ކުރަމުން ދާއިރު، އެއީ އަޅާނުލުމާއި އިހުމާލުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއް ކަމަށް ވިސާމް ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ޖަލުތަކުގައި ކަންތައްތަކުގެ ސަބަބުން މަރުވާކަމަށް އެބަ ތުހުމަތު ކުރޭ އާއިލާތަކުން. މޭޑޭ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ ރަޝީދު ފަދައިން، އިހުމާލާއި އަޅާނުލުމުގެ ސަބަބުން މި ރާއްޖޭގެ ޖަލުތަކުގައި ކަންތައްތައް ހިނގާފައިވޭ
މުހައްމަދު ވިސާމް / ގަމު ދާއިރާގެ މެމްބަރު

ވިސާމްގެ ވާހަކަފުޅުގައި އެޗްއާރްސީއެމްގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އިރު، ޖަލު އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތު ފުރިހަމަ ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރަން ކުރަމުންދާ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވިސާމް ވަނީ ކުށެއްގެ ތުހުމަތުގައި ވިޔަސް، ހުކުމެއް ތަންފީޒު ކުރި ކަމުގައިވީ ނަމަވެސް، އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ޖަލު އޮޑިޓް ރިޕޯޓްގައި، ހާލު ބޮޑު ބަލިމީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކުގެ މީހުންނަށް ޖަލުތަކުގައި އެކަށީގެންވާ ފަރުވާ ނުދެވި، ހާލު މާބޮޑަށްދެރަވެގެން އާއިލާއަށް ހަވާލުކޮށްދިނުމަށް އެދުނު ނަމަވެސް އެގޮތަށް އަމަލުކޮށް ނުކުރާކަމާއި، މިފަދަ ބަލިމީހުން ޖަލުގައިނިޔާވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 ޖޫން 2019 | ހޯމަ 19:57
ޟުޖު
ޥވވވ ރަނގަޅުވާހަކައެއް ވަކި ކުރުން އެކަންޏެއްނޫން އިންސާފުގެ ކުރިނައްޗަށް ގެންނާންވާނެ...