Advertisement
ކ. މާލެ
|
10 ޖޫން 2019 | ހޯމަ 10:27
ފުންމާލީ މާވާރަލު ކައިރިއަށް
ފުންމާލީ މާވާރަލު ކައިރިއަށް
މޯލްޑިވްސް ޓައިމްސް
ފުލުހުން
ފުލުހުންނާ ފިލަން ކަނޑަށް ފުންމާލި މީހާ ހޯދައިފި
ފެނިފައިވަނީ މާވާރަލު ވަލުތެރޭގައި ފިލާ އޮއްވާ
ފުންމާލީ ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ހިފައިގެން އައިކަމަށް ޝައްކު ކުރެވޭ މީހެއް

ފުލުހުންނަށް ފިލަންވެގެން އާދިއްތަ ދުވަހުގެ ރޭ ކަނޑަށް ފުންމާލި މީހާ ހޯދައިފިއެވެ.

ކަނޑަށް ފުންމާލި މީހާއަކީ ގދ. ތިނަދޫ އިން ފުރައިގެން ގއ. ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ހިފައިގެން އައި ކަމަށް ޝައްކު ކުރެވޭ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.

އެ މީހާ ފެނިފައި ވަނީ މާވާރަލު ވަލުތެރޭގައި ފިލާ އޮއްވާ ހޯމަ ދުވަހު ހެނދުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

Advertisement

ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ހިފައިގެން މީހަކު އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަން އެނގިގެން އެރަށު ކައިރީގައި އޮންނަ މާވާރަލު ކައިރިއަށް މޫދަށް އޭނާ ވަނީ ފުންމާލާފައެވެ. އަދި އޭނާ ހޯދަން ބޮއްކޮރައެއްގައި ނުކުމެ އުޅެނިކޮށް އެ ބޮއްކުރާ ބަންޑުން ޖަހާލައިގެން ތިން މީހަކު ވަނީ ކަނޑުވެފައެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ފަތާފައި މާވަރުލު އަށް އެރި އިރު އަނެއް ދެ މީހުން ވަނީ ދޯންޏަކުން ނަގާފައެވެ. މި ތިން މީހުންނަކީ ވެސް ފުންމައިލި މީހާއާ ގުޅުން އޮންނަ މީހުން ކަމަށް އެ ރަށުން މައުލޫމާތު ދެއެވެ.

ކަނޑަށް ފުންމާލި މީހާއަކީ 30 އަހަރާއި 35 ދެމެދު އުމުރުގެ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 ޖޫން 2019 | ހޯމަ 11:45
މޯޑް
ހޭއަރަން ދެން ތަޅާލަ ބަލަ! ބޮނޑު ވެއްޖެ ކަމެކޭ ތިމީހުނާ ހެދި...