Advertisement
ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 18:02
ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުން
ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުން
ރައީސް އޮފީސް
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު 2019
ބޮޑުވަޒީރު މޯދީއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުއްވައިފި
މިއީ ރާއްޖޭގައި ބޭރުގެ ގައުމެއްގެ އިސްވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބު
ބޮޑުވަޒީރު މޯދީ ވަނީ މިދިޔަ ނޮވެމްބަރު މަހު ވެސް ރާއްޖެ ވަޑައިގެންފައި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ އަށް ދިވެހި ދައުލަތުން ދެވޭ އެންމެ މަތީ ޝަރަފު ''ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން'' ގެ ލަގަބު އަރުއްވައިފިއެވެ.

އެ ލަގަބަކީ ރާއްޖޭގައި ބޭރުގެ ގައުމެއްގެ އިސްވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެކެވެ.

Advertisement

ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުއްވާފައިވަނީ ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީގެ އަގު ވަޒަންކޮށް ދެއްވާ ލަގަބުފުޅެއްގެ ގޮތުގައެވެ.އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ޤައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.

މިހާތަނަށް މި ޝަރަފް އެރުވުނު ހަމައެކަނި ބޭރުގެ އިއްޒަތްތެރިޔަކީ އިނގިރޭސި ރާނީ އެލިޒަބަަތު އެލެކްސް ސެންޑްރަރ މޭރީ (އެލިޒަަބަތު 2). އެކަމަނާއަށް މި ޝަރަފް އަރުވާފައިވަނީ 1972 ވަނަ އަހަރުގެ މާރޗް މަހު އެ ކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދަށާއި 4 ޖޫން 2013 ގައި ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސަށް ވެސް ''ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން''އަރުއްވާފައި ވެއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް