Advertisement
ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 11:10
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މަތީ ތައުލީމުގެ ލޯން
މަތީ ތައުލީމު ލޯނު ނުލިބުނީ އުސޫލާ ހިލާފަށް ފޯމް ހުށަހެޅުމުން: މިނިސްޓަރު
ލޯނު ލިބުނީ 79 މީހުންނަށް
ޑިސްކޮލިފައިވި ސަބަބު ހާމަކޮށްދޭނެ

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ކުރިމަތިލި މީހުންގެ ތެރެއިން ލޯނު ހަމަނުޖެހުނީ އާންމުކުރެވުނު އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހަޅާފައި ވާތީ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

މަތީ ތައުލީމަށް ލޯނު ދީފައިވާ ގޮތާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޯނު ލިބުނީ 79 މީހުންނަށް ކަމަށެވެ. އަދި މީހުން ޑިސްކޮލިފައިވީ އާންމުކުރެވުނު އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހެޅިފައި ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްދޭނެ ކަމަށާއި، ބާކީ ޖާގަތަކުގައި ކިޔެވުމަށް މި މަހުގެ 20ގައި އަނެއްކާ ވެސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

21 މާރޗުގައި އިއުލާން ކުރެވުނު 242 ޖާގައިގެ މަތީ ތައުލީމުގެ ލޯނުގެ ތެރެއިން އެންމެ ގިނަ ބަޔަކު ލޯނަށް އެދުނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނު އިރު ލޯނު ހަމަޖެހުނީ 30 މީހަކަށެވެ.

މި އަހަރުގެ މަތީ ތައުލީމުގެ ލޯނަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. އެ ލޯނުގެ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ކިޔަވައި ނިންމާތާ ހަ މަސް ފަހުންނެވެ. އެ ލޯނުގެ އިންޓަރެސްޓް ރޭޓް މިހާރު ތިން އިންސައްތައަށް ކުޑަކޮށްފައިވާއިރު، ލޯނުތައް އަނބުރާ ދެއްކުމަށް ލޯނުގެ އަދަދަށް ބަލައި 20 އަހަރާ ހަމައަށް މުއްދަތެއް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް