Advertisement
ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 04:21
ކުރީގެ ހޯމް މިނިސްޓަރު މަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު މަރު ނަސީރު
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
އުމަރު ނަސީރަށް 2016 ވަނަ އަހަރުން ފެށިގެން ސެކިއުރިޓީ ދޭންފެށީ އޭނާއަށް ދިން އިންޒާރަކާއި ހެދި
ސެކިއުރިޓީ ދިނުމަށް އެދިފައިވަނީ އުމަރުގެ ހަށިގަނޑަށް ހަމަލާއެއް ދިނުމަށް ރާވަމުންދާކަމަށް ބުނެ
އަތްޕުޅަށް ފިސްތޯލައެއް ދޫކޮށް ދެއްވުމަށް ނާޒިމްގެ ކިބައިން އެދިވަޑައިގެންނެވި

ކުރީގެ ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރަށް ފުލުހުން ސެކިއުރިޓީ ދޭން ފަށާފައިވަނީ އޭނާއަށް އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ކަމަށާއި އެކަން 2016 ވަނަ އަހަރުން ފެށިގެން ރިވިއު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އުމަރަށް ސެކިއުރިޓީ ދޭން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުން ފެށިގެންނެވެ. އުމަރަށް ސެކިއުރިޓީ ދޭން ފެށީ އޭނާއަށް އިންޒާރު ދިން މައްސަލައެއްގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އުމަރަށް ދިން ސެކިއުރިޓީ 2016 ވަނަ އަހަރުގެ ޖުލައި 31 އިން ފެށިގެން އެ އިދާރާއިން ރިވިއު ކުރާކަމަށާއި އެންމެ ފަހުން ރިވިއުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭކަމަށެވެ.

Advertisement

އުމަރަށް ސެކިއުރިޓީ ދޭން ފަށާފައިވަނީ މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ މަހެއް ފަހުންނެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެއަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ވެސް ސެކިއުރިޓީ ބޭނުންފުޅުވެގެން އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމަށް ވެސް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ލިޔުމަކުން އެނގޭގޮތުގައި އުމަރު ވަނީ ސެކިއުޓިރީ ބޭނުންފުޅުވެގެން އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ އަރިހުން 2014 ވަނަ އަހަރުގެ ޖެނުއަރީ 26، 2014 ގައި އެދިވަޑައިގެންފައެވެ. ސެކިއުރިޓީ ދިނުމަށް އެދިފައިވަނީ އުމަރުގެ ހަށިގަނޑަށް ހަމަލާއެއް ދިނުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބޭކަމަށް ބުނެއެވެ. އެސިޓީގައި 24 ގަޑިއިރު ސެކިއުރިޓީ ދިނުން ނުވަތަ އޭނާގެ އަތްޕުޅަށް ފިސްތޯލައެއް ދޫކޮށް ދެއްވުމަށް ނާޒިމްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް