އިންޑިއާގައި ހިސާބު އިލްމަށް މޮޅު މީހެއް ކަމަށްވާ އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމް "ސުޕަރ 30" ގެ ޓްރެއިލަރ ރިލީޒް ކުރުމާ އެކު އެ ޓްރެއިލަރ އަށް ބޮލީވުޑްގެ ގިނަ ސްޓާރުންގެ ތަރުހީބު ލިބިއްޖެއެވެ.
މި ޓްރެއިލަރ ރިތިކް ރޯޝަންގެ އޮފިޝަލް ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އަޕްލޯޑް ކުރުމުން ތަޕާއްސީ ޕަންނޫ ބުނެފައި ވަނީ އެ ޓްރެއިލަރ ވަރަށް ރަނގަޅު ކަމަށާއި އޭނާގެ ޝައުގުވެރިކަން ދަމައިގަނެފައިވާ ކަމަށެވެ. އަދި ޓައިގަރ ޝްރޮފް ވެސް ވަނީ ޓްރެއިލަރ އަށް ތައުރީފުކޮށްފައެވެ. މީގެ އިތުރުން މަޝްހޫރު ސްކްރީން ރައިޓަރ ޗޭތަން ބަގަތު ވަނީ ޓްރެއިލަރ އަށް ތައުރީފުކޮށް މުޅި ޓީމަށް މަރުހަބާ ކިޔާފައެވެ.
މި ޓްރެއިލަރ އިން ރިތިކްގެ ވަރަށް ތަފާތު ރޯލެއް ފެނިގެންދާއިރު އޭނާގެ ސިފަ ހުންނަ ގޮތާއި ލާ ހެދުންތަކަށް އާންމުންގެ ޝައުޤުވެރިކަން ދަމައިގަނެއެވެ.
މި ފިލްމް ކުރިން ޖުލައި 26 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމި ނަމަވެސް ފަހުން ފިލްމް ރިލީޒްކުރާ ތާރީހު ވަނީ އަވަސްކޮށްފައެވެ. އެގޮތުން ފިލްމް ޖުލައި 12 ވަނަ ދުވަހު ރިލީޒް ކުރުމަށް މިހާރު ނިންމާފައިވަނީ ކަންގަނާ ރަނައުތު ފިލްމް "މެންޓަލް ހޭ ކިޔާ" އެ ތާރީޚުގައި ރިލީޒް ކުރުމަށް ނިންމާފައި ވާތީއެވެ.
މި ފިލްމްގައި ފެނިގެންދާނީ އާނަންދު ކުމާރު އޭނާގެ ތައުލީމީ ޕްރޮގްރާމެއް ކަމަށްވާ "ސުޕަރ 30" ކުރިޔަށް ގެންދާ ގޮތުގެ ވާހަކައެވެ.
މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަނޫރާގް ކަޝްޔަޕް އަދި ވިކާޝް ބޭލްއެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ނަޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަަންޓް އަދި ރިލައަންސް އެންޓަޓެއިންމަންޓް ގުޅިގެންނެވެ.