ކ. މާލެ
|
3 ޖޫން 2019 | ހޯމަ 20:14
ފިލްމް ބާރަތްގެ ޕޯސްޓަރ
ފިލްމް ބާރަތްގެ ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ފިލްމް ބާރަތް
ފިލްމް ބާރަތް މި މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރަނީ
ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ

މިއަހަރު ރިލީޒްކުރާ ބޮލީވުޑްގެ އެންމެ ބޮޑު އެއް ފިލްމް "ބާރަތް" މި މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރަން ނިންމައިފިއެވެ.

ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގެ ޓްރެއިލާ ރިލީޒް ކޮށްފައިވަނީ އޭޕްރިލް މަހުގައެވެ.

ފިލްމުގައި މަގްބޫލު ތަރިންގެ ކަމުގައިވާ ސަލްމާން ހާން، ކެޓްރީނާ، ދިޝާ ޕަޓަނީ، ތާބޫ އަދި ސުނިލް ގްރޯވަރު ހިމެނެއެވެ. މި ފިލްމުން ސަލްމާންގެ ކެރެކްޓަރ ބާރަތްގެ ޒުވާން އުމުރުން ފެށިގެން މުސްކުޅި އުމުރުގެ ދުވަސްތައްވެސް ފެނިގެންދާނެއެވެ.

މި ފިލްމަކީ އަލީ އައްބާސް ޒަފަރު އާއި އެކު ސަލްމާން މަސައްކަތް ކުރާ ތިންވަނަ ފިލްމެވެ. މީގެ ކުރިން ސަލްމާން އާއި އަލީ އައްބާސް ޒަފަރު ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި "ސުލްތާން" އަދި 2017 ވަނަ އަހަރު ރިލީޒްކުރި "ޓައިގާ ޒިންދާހޭ" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

މި ފިލްމްގެ ޝޫޓިންގ އަބޫދާބީ، ސްޕެއިން ފަދަ ޤައުމުތަކުގައި ކުރިއަތް ގެންގޮސްފައިވާއިރު ފިލްމްގެ ބަޖެޓަކީ އެއް ބިލިއަން އިންޑިއާ ރުޕީސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް