ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން 5 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ލެބޯޓްރީ، ރޭޑިއޮލޮޖީ އަދި ޑައަގްނޮސްޓިކް ޑިޕާޓްމަންޓްތަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި އެހެން ސިއްހީ ހިދުމަތް ދޭ ފަރާތްތަކުން ޓެސްޓް ހަދަން ދޭ ރިފަރަލް ބޭނުންކޮށްގެން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ ދަށުން ސީ.ޓީ، އެމް.އާރް.އައި، އެކްސް.ރޭ، އަލްޓްރާ ސައުންޑް، މެމޯގްރަފީ، އަދި ބޯން ޑެންސިޓޮމެޓްރީ ޙިދުމަތް ލިބިގެންދާނެއެވެ. އަދި ލެބްރޮޓަރީ މެޑިސިންގެ ދަށުން ހީމަޓޮލޮޖީ، މައިކްރޯ ބަޔޮލޮޖީ، ކްލިނިކަލް ބަޔޯކެމިސްޓްރީ، އިމިއުނޮލޮޖީ، ޕަރެސައިޓޮލޮޖީ އަދި ޔޫރީން އެނެލިސިސްގެ ޙިދުމަތް ލިބިގެންދާނެއެވެ. އީ.އީ.ޖީ، އީ.ސީ.ޖީ، އެންސީވީ، ސްޕައިރޯމެޓްރީ، އަދި ޔޫރޯފްލޯމެޓްރީ ޙިދުމަތް ޑައަގްނޮސްޓިކްސް ޑިޕާޓްމަންޓުން ލިބިގެން ދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައުޓް-ޕޭޝަންޓް OPD ގެ ޙިދުމަތް ފިތުރު އީދު ދުވަހަށް ބަންދުވާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި OPD ގެ ޙިދުމަތްތައް 6 ޖޫން 2019 އިން ފެށިގެން ހެނދުނު 09:00 އަކުން ހަވީރު 06:00 އަކަށް ބަދަލު ވެގެންދާނެއެވެ.
އެހެން މަސްތަކެކޭ އެއްފަދައިން އަވަސް ފަރުވާގެ ހިދުމަތް 24 ގަޑިއިރު އެ ހޮސްޕިޓަލްގެ އީ.އާރް އިން ލިބިގެންދާނެ ކަމަށާއި އީ.އާރް ހިދުމަތް ހޯދުމަށް 1610 އަކަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.