ކ. މާލެ
|
31 މެއި 2019 | ހުކުރު 17:31
ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ހިދާއީ ނޫރު އަލްބަމް
ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކޮށްފި
މި މަދަހަ އަލްބަމްގައި 7 މަދަހަ ހިމެނޭ
ހުރިހާ މަދަހަތައް ވެސް ހަދާފައިވަނީ އަމިއްލަ ރާގަށް
މި އަލްބަމް ރިލީޒްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ހިދާއީ ނޫރުގެ 3 ވަނަ އަލްބަމް ރިލީޒްކޮށްފިއެވެ.

ޝަލަބީ އިބްރާހިމްގެ އަޑުން ކިޔާފައިވާ މި މަދަހަ އަލްބަމްގައި 7 މަދަހަ ހިމެނޭއިރު ހުރިހާ މަދަހަތައް ވެސް ހަދާފައިވަނީ އަމިއްލަ ރާގަށެވެ.

ހުކުރު ދުވަހު މާގިރި ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި މި އަލްބަމް ރިލީޒްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އަލީ ވަހީދު ވިދާޅުވީ މިފަދަ މަދަހެއް އަޑުއިވިގެން ދިޔުމުން ހިތަށް ހިތްހަމަޖެހުމާއި ފިނިކަން ލިބިގެން ހިނގައްޖެ ކަމަށާއި ޝަލަބީ އަކީ ހުރިހާ ޒުވާނުންނަށް ހުރި ނަމުނާއެއް ކަމުގައެވެ.

ޝަލަބީ ބުނީ ހިދާއީ ނޫރު އަލްބަމްގެ މަސައްކަތް ރޯދަ މަސް ފެށުނީއްސުރެ ކުރަމުން އަންނަ ކަމަށާއި އައިޑަލްއަށް ފަހު ސީއެސްއާރްގެ ކަންތައްތަކުގައި ހަރަކާތްތެރިވުމަކީ އޭނާގެ ވައުދެއް ކަމަށެވެ.

ޝަލަބީ އިތުރަށް ބުނީ ދިވެހި އަމިއްލަ އުފެއްދުންތަކަށް ތާއީދު ކުރާތީ ބައިސްކޯޕް އެޕްލިކޭޝަނުން މެދުވެރިކޮށް މި މަދަހަތައް ހިލޭ އަޑުއިވޭނެ ކަމަށެވެ.

ކުރިއަތް އޮތް ރޯދަ މަހުގައި ވެސް ހިދާއީ ނޫރުގެ ސީރިސްގެ ތެރެއަށް އޯޑިއޯ އަދި ވީޑިއޯ އެއްކޮށް ހިމަނައިގެން ނެރެން ނިންމާފައިވާ ކަމަށް ޝަލަބީ ބުންޏެވެ.

ޝަލަބީގެ ލަވަތަކާއި މަދަހަތައް އަބަދު ވެސް އާންމުންނަށް އިވިގެންދާއިރު ޝަލަބީ ޤުރުއާން ކިޔަވާ އަޑު އާންމުންނަށް އިވެނީ ވަރަށް މަދު ފަހަރަކުއެވެ. އެގޮތުން މި ހަފްލާ ފައްޓަވައި ދެއްވުމުގެ ގޮތުން ޤުރުއާން ކިޔަވާފައިވަނީ ޝަލަބީއެވެ.

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ޝަލަބީ އަންނަނީ ހިދާއީ ނޫރުގެ އަލްބަމްތައް ނެރެމުންނެވެ.

- ކޮމެންޓް