Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 14:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
އޯއައިސީ ސަމިޓަށް ރައީސް ސައުދީއަށް، ތަގުރީރު ވެސް ކުރައްވާނެ!
ކުރު އުމްރާއެއް ވެސް ކުރައްވާނެ
ސަމިޓް އޮންނާނީ ހުކުރު ދުވަހު
ސައުދީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާނެ

އިސްލާމީ ގައުމުތަކުގެ މައްޗަށް އެކުލެވޭ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއްޔާއަށް ބުދަ ދުވަހު ފުރައިވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްޕާސަން އިބްރާހިމް ހޫދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހުކުރު ދުވަހު ސައުދީގައި ބާއްވާ އޯއައިސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅަކީ ހަފްތާއެއްގެ ދަތުރުފުޅެއް ކަމަށެވެ. އޯއައިސީ ސަމިޓުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާނެ ކަމަށާއި ކުރު އުމްރާއެއް ވެސް އެމަނިކުފާނު ކުރައްވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދަތުރުފުޅުގައި ސައުދީގެ އިސް ބޭފުޅުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވާނެ ކަމަށެވެ.

Advertisement

"ސައުދީގެ ސީނިއާ އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވޭ. ޝެޑިއުލް މިހާރު އޮތް ގޮތުން އެމަނިކުފާނު ތަގުރީރު ކުރައްވާނެ،" ހޫދު ވިދާޅުވިއެވެ.

އޯއައިސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ސައުދީއަށް ފުރައިވަޑައިގެންފައެވެ.

އޯއައިސީގެ 14 ވަނަ ބައްދަލުވުމުން ބޭއްވުމަށް ނިންމާފައި ވަނީ މައްކާގައެވެ. އެ ބައްދަލުވުމުގައި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް