ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 04:27
ލަންކާ މީހާ މިޔަންމާ ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ
ލަންކާ މީހާ މިޔަންމާ ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ
ދަ އިއްރަވައްޑީ
އީސްޓަރ ސަންޑޭ ހަމަލާ
ލަންކާގެ ބޮމުގެ ހަމަލާއާ ގުޅުން ހުރި މީހަކު މިޔަންމާއިން ހައްޔަރުކޮށްފި
 
ހައްޔަރު ކުރީ ވިސާ އާ ކުރަން އިމިގްރޭޝަނަށް ދިޔުމުން

އީސްޓަރ ސަންޑޭގައި ލަންކާގައި ހަށި ގޮއްވައިގެން ބަޔަކު ދިން ބޮމުގެ ހަމަލާއާ ގުޅުން ހުރި މީހަކު މިޔަންމާގެ ޔަންގޮންއިން ހައްޔަރުކޮށްފިއެވެ.

އަބްދުލް ސަލާމް އިރްޝާދް މަހްމޫދު ނަމަކަށް ކިޔާ 39 އަހަރުގެ ލަންކާ ރައްޔިތަކު މިޔަންމާގެ ފުލުހުން ހައްޔަރުކުރީ އޭނާގެ ވިސާ އާ ކުރަން ޔަންގޮންގައި ހުންނަ އިމިގްރޭޝަން އޮފީހަށް ގޮސް ހުއްޓައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ޓޫރިސްޓު ފުލުހުން އޭނާ އެ ގައުމުގެ އެއްވެސް ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއްގައި ހުރިތޯ ބެލުމަށް އެ ގައުމުގެ ހޮޓެލް އަދި ޓޫރިޒަމް ޑިޕާޓްމަންޓަށް އެންގިތާ 24 ގަޑި އިރު ނުވަނީހެވެ.

ޓޫރިޒަމް ޑިޕާޓްމަންޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާއަކީ، ޓޫރިސްޓު ވިސާއެއްގައި މިޔަންމާއަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެތެރެވީ މީހެއް ކަމަށެވެ. ސިޓީގައި އޭނާގެ ޕާސްޕޯޓް ނަމްބަރާއި އުފަންދުވަސް ހިމަނާފައިވެއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ފުލުހުން އާންމުކުރި މައުލޫމާތުގެ އަލީގައި ކަމަށެވެ. ހައްޔަރުކުރުމަށް ފަހު އޭނާ ފުލުހުންގެ ސްޕެޝަލް ބްރާންޗާއި ހަވާލުކޮށްފައިވާ ކަމަށް ޓޫރިސްޓް ފުލުހުންގެ އޮފިޝަލަކު ބުނެފައިވެއެވެ.

ފުލުހުން ބުނީ މަހްމޫދު އޭނާގެ ވިސާގެ މުއްދަތުގެ އިތުރަށް އެއް އަހަރާއި ދެ މަސް ދުވަސް ވަންދެން މިޔަންމާގައި ދިރިއުޅެފައިވާ ކަމަށެވެ. އޭނާގެ ހައްޔަރުކުރުމާ ގުޅޭ ގޮތުން ލަންކާއިން އަދި އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ހުރިހާ އެންމެން ކަހަލަ ގޮތަކަށް މަރުވެފައި ނުވަތަ ހައްޔަރުކުރެވިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފައިވެއެވެ. ހަމަލާ ދިނީ އެ ގައުމުގައި އޮންނަ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމާއަތޭ މިއްލަތު އިބްރާހިމް (ޖޭއެމްއައި) އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
21%
54%
0%
4%
8%
13%
ކޮމެންޓް
25 މެއި 2019 | ހޮނިހިރު 11:15
ނޫސްވެރިޔާ
ގުޅުން ހުރިކަމުގެ ހެކި ކޮބާ؟ ރާއްޖެ އާވެސް ގުޅުވާގެން އެބަ އުޅެއެއްނޫން
ގުޅުންހުރި
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް