ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 08:50
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން (ވ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން (ވ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހިންދުސްތާނީ ޓައިމްސް
އިންޑިއާގެ އާންމު އިންތިހާބު
ތަނަވަސްކަމާއި ސުލްހައިގެ ވާހަކަތަކަށް މޯދީއަށް އިމްރާން ދައުވަތު އަރުއްވައިފި
ބީޖޭޕީއަކީ ކަޝްމީރު މައްސަލައިގައި ހަރުކަށި ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ދަންނަވަމުން، "ދެކުނު އޭޝިއާގެ ތަނަވަސްކަމާއި، ކުރިއެރުމާއި، ސުލްހައަށް" އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

މިހާތަނަށް އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މޯދީގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ 542 ގޮނޑީގެ ތެރެއިން 303 ގޮނޑި ކާމިޔާބުކޮށްފައެވެ. ހިނގަމުންދާ މަޖިލީހުގައި ބީޖޭޕީއަށް ލިބުނީ 282 ގޮނޑިއެވެ.

މަރުހަބާ ދަންނަވާ އިމްރާން ކުރެއްވި ޓްވީޓަށް ދެއްވި ރިޕްލައިގައި އިމްރާނަށް ޝުކުރު އަދާކުރައްވަމުން މޯދީ ވިދާޅުވީ، އަބަދުވެސް އިސްކަން ދެއްވާފައި ވާނީ ސަރަހައްދުގެ ސުލްހައާ ތަރައްގީއަށް ކަމަށެވެ.

ކަޝްމީރުގެ ޕުލްވަމާގައި ދިން ބޮމުގެ ހަމަލާއަށް ފަހު، ދެ ގައުމުގެ ގުޅުން ހީނަރުވެގެން ގޮސް ހަނގުރާމައެއް ފަށައިފާނެ ކަމުގެ ބިރު ބޮޑުވިއެވެ. ދެ ގައުމުގެ އަސްކަރިއްޔާއިން ހަމަލާ ބަދަލު ކުރުމަށް ފަހު، ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލައި ޕައިލެޓް ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފަހުން އިންޑިއާއާ ހަވާލުކޮށްފައެވެ.

- ކޮމެންޓް