ފަރަންސޭސްވިލާތުގެ ލިޔޯންގައި އެއްޗެއް ގޮވާ، 8 މީހަކަށް ޒަހަމްވެއްޖެކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެފިއެވެ.
ސެންޓްރަލް ޕެޑެސްޓްރިއަން ޑިސްޓްރިކްޓުގައި ގޮވަން މެދުވެރިވީ ކޮން ސަބަކަކާ ހުރެގެން ކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފަރަންސޭސްވިލާތުގެ އިންޓީރިއަރ މިނިސްޓްރީއާ ގާތް މަސްދަރަކުން ރޮއިޓަރޒް އަށް މައުލޫމާތު ދީފައިވެއެވެ.
ފަރަންސޭސްވިލާތުގެ ރައީސް އެމެނުއެލް މެކްރޯން ގޮވުމުގެ ހާދިސާ ސިފަކުރެއްވީ ހަމަލާއެއްގެ ގޮތުގައެވެ. ހަމަލާގައި އެއްވެސް މީހެއްގެ ފުރާނަޔަަށް ގެއްލުމެއް ނުވާކަން މެކްރޯން ކަށަވަރުކޮށްދެއްވިއެވެ. ސިފަކުރައްވާ ލިޔޯންގެ ޕްރޮސިކިއުޓަރުން ވަނީ ހަމަލާދޭން ބޭނުންކުރީ ޕާރްސަލެއްގައި އޮތް ބޮމެއްކަމަށް ޝައްކުކުރެވޭ ކަމަށް ހާމަކޮށްފައެވެ.
ހަމަލާއާ ގުޅިގެން ލިޔޯންގެ ތާރީހީ ސިޓީ ސެންޓަރު ސަރަހައްދުގައި ތިބި މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލިޔޯންގެ ޔުނިވާސިޓީއެއްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި ތިން މީހަކަށް ޒަހަމްވެފައިވެފައިވާ އިރު، އެއީ ގޭސް ފުޅިއެއް ގޮވައިގެން ހިނގި ހާދިސާއެކެވެ. އަދި ހަމަ އެ މަހު ފަރަންސޭސްވިލާތުގެ ވެރިރަށް ޕެރިހުގެ ބޭކަރީއެއްގައި ހިނގި ހާދިސާއެއްގައި ހަތަރު މީހަކު މަރުވީއިރު އެ ފަހަރު ގޮވަން މެދުވެރިވީ ގޭސް ލީކަކާ ގުޅިގެންނެވެ.