Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 18:53
ހުޅުމާލެ
ހުޅުމާލެ
އަޝްވާ ފަހީމް
ޖިންސީ ގޯނާގެ މައްސަލަ
ހުޅުމާލޭގައި ދެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ޖިންސީ އަނިޔާ ލިބުނީ ދެފިރިހެން ކުދިންނަށް
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ހުޅުމާލޭގައި ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބުރާސްފަތި ދުވަހުގެ ރޭ 1:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިމައްސަލަ ޖެންޑާރ މިނިސްޓްރީއަށް ހުށަހަޅާ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ އަނިޔާ ލިބުނީ ދެފިރިހެން ކުދިންނަށްށެވެ. އެއީ ހަ އަހަރުގެ ކުއްޖަކާ އަށް އަހަރުގެ ކުއްޖެކެވެ. އަދ މި ދެކުދިންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުންވަނީ ފަރުވާ ދީފައެވެ.

ކުޑަ ދެކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅާފައިވާއިރު މެއިމަހުގެ 11ގެ ނިޔަލަށް ކުޑަކުދިންނާ ގުޅުން ހުރި 740 މައްސަލައެއް ޖެންޑާރ މިނިސްޓްރީން ހުށަހަޅާފައިވެއެވެ. ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ މަސައްލަތަކާއި، ޖިންސީ އަނިޔާ ކުރުމުގެ މަސްއލަތަކާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރުމުގެ މައްސަލަތައް ހިމެނޭއިރު މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލާނެ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް