Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 17:37
ހަމަނުޖެހުމުގައި އަނިޔާވި މީހަކު
ހަމަނުޖެހުމުގައި އަނިޔާވި މީހަކު
ރާއްޖެއެމްވީ
ދިއްފުށި
ދިއްފުށީގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި
ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެއް
ބަންދުގެ މުއްދަތަށް 10 ދުވަސް ވަނީ ޖަހާފައި

ކ. ދިއްފުށީގެ ރައްޔިތުންނާއި، ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ބަޔަކާއި ދެމެދެ ހިނގި ކުރިމަތިލުމުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން މާރާމާރި ހިންގުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މިމީހާގެ ބަންދުގެ މުއްދަތު ތުލުސްދޫ ކޯޓުން 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

Advertisement

ދިއްފުށީގައި ވައްކަން ކުރާ މައްސަލަ ބޮޑުވެ އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަގުން ހޯދަން ނިކުމެ، ބުދަ ދުވަހުގެ ރެއާ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހަމަނުޖެހުން ހިންގާފައެވެ. މިހަމަ ނުޖެހުމުގެ ތެރޭގައި ބުދަ ދުވަހުގެ ރޭ ދެ މިހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިންގި ހަމަނެޖުހުންތަކާ ބެހޭ ގޮތުން ދިއްފުށީ މީހަކު ބުނީ ވައްކަން ކުރާ މީހެއްކަމަށް ބެލެވޭ މީހެއް ހިފަހައްޓާ އޭނާ ދިން މައުލޫމާތުގެ އަލީގައި ވަގަށް ނަގާފައިވާ ތިޖޫރީއެއް ފެނިފައިވާކަމަށެވެ. ނަމަވެސް ތިޖޫރީ ފެނުނު އިރު އޭގައި ފައިސާ ނެތްކަމަށާއި އެކަމާއި ގުޅިގެން ބަޔަކު އޭނާއަށް އަނިޔާކުރި ކަމަށް މައުލޫމަތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް