Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 09:09
ތިޖޫރީ ހޯދީ ރައްޔިތުން ނިކުމެ: ތިޖޫރީ ކައިރީ އަނިޔާވި މީހަކު
ތިޖޫރީ ހޯދީ ރައްޔިތުން ނިކުމެ: ތިޖޫރީ ކައިރީ އަނިޔާވި މީހަކު
ރާއްޖެއެމްވީ
ދިއްފުށި
ދިއްފުށި ރައްޔިތުން ނުކުމެ ވަގަށް ނެގި ތިޖޫރީ ހޯދައިފި
އެކަކަށް ވަނީ އަނިޔާވެފައި

ކ. ދިއްފުށީގެ ރައްޔިތުންނާއި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ބަޔަކާއި ދެމެދެ ކުރިމަތިލައި ވަގަށް ނަގާފައިވާ ތިޖޫރީއެއް ހޯދައިފިއެވެ.

އެ ރަށުގައި އިންތިހާއަށް ވައްކަން އިތުރުވެ، ވައްކަން ކުރާ މީހުން ހޯދަން ރައްޔިތުން ނިކުތީ ބުދަ ދުވަހުގެރެއެވެ.

ދިއްފުށިން ރާއްޖެ.އެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ، އެރަށުގެ އެންމެ ތަނަވަސް ''ލަވްލީ ސްޓޯރު'' ފިހާރައިން ދެ ރެއެއް ކުރިން ވަގަށް ނަގާފައިވާ ތިޖޫރީއާ ފައިސާ ހޯދަން ރައްޔިތުން ބުރާސްފަތި ދުވަހުގެރޭ ނިކުތީ ކަމަށެވެ.

އެގޮތުން ތިޖޫރީ ނެގިކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަ ގޮވައިގެން ގޮސް ތިޖޫރީ ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ. ރަށުގެ ބޮޑު ތުނޑީގައި އޮތް ފައިބަރު ދޯންޏެއްގެ ތެރެއިން ހޯދި ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތެވެ.

ފައިސާ ހުރީ ވައްކަން ކުރި ފަސް މީހުންގެ ތެރެއިން މީހެއްގެ ގޭގައި ކަަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އެމީހާ ބުނީ، އެ ރަށުގައި ވައްކަންކޮށް އުޅެނީ ފަސް މީހުންގެ ގްރޫޕަކުން ކަމަށެވެ.

Advertisement

އެ މީހުން މީގެ ކުރިން ހަތް ވަރަކަށް ފަހަރު ''ލަވްލީ ސްޓޯރު'' ފަޅާލައި ފައިސާތަކެއް ނެގުމުގެ އިތުރުން، ރަށުގެ ގެތަކުން ވައްކަން ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

އެ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްފައިވާ މީހުން ކަމަށާއި، ރަށުގައި ވައްކަން އާއްމުވެގެން ފުލުހުންނަށް އެތަކެއް ފަހަރުމަތިން އަންގާފައިވާ ކަމަށް ނަންޖަހަން ޝަރުތު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެކަމަކު ފުލުހުން އެމީހުން ހައްޔަރު ކުރުމަށް ރޭގައިވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ. ދިއްފުށްޓަކީ ފުލުހުންގެ ސްޓޭޝަނެއް ހުންނަ ރަށަކަށް ނުވާތީ އެހެން ދިމާވާ މައްސަލަތައް ބަލަން އެރަށް ދަނީ ކ. އަތޮޅު ތުލުސްދޫގައި ގާއިމް ވެގެން ތިބޭ ފުލުހުންނެވެ.

ދިއްފުށީގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެކަމަކު އިތުރު މައުލޫމާތެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް