Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 10:13
ތިނަދޫގައި ހިނގި އެކްސިޑެންޓް
ތިނަދޫގައި ހިނގި އެކްސިޑެންޓް
ޕޮލިސް
އެކްސިޑެންޓް
ތިނަދޫގައި ކާރެއް ގެއެއްގެ ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި
އެގޭގެ ފާރުގެ ބޮޑު ބައެއް ގޯތިތެރެއަށް ވަނީ ވެއްޓިފައި
ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ

ގދ.ތިނަދޫގައި ކާރެއް ގެއެއްގެ ފާރުގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގެ ރިޕޯޓު ލިބުނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:30ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގީ އެރަށުގެ ގާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކައިރިން ކާރު ނެއްޓެންވެގެން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފޮޓޯތަކުން ފެންނަ ގޮތުގައި އެކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެގޭގެ ފާރުގެ ބޮޑު ބައެއް ގޯތިތެރެއަށް ވަނީ ވެއްޓިފައެވެ.

ފުލުހުން ދަނީ އެ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.

ރަމަޟާންމަހު އެކްސިޑެންޓު ހިނގުން އާންމުވެފައިވާއިރު، މި މަހުގެ ތެރޭގައި އެކަނި ވެސް ހިނގި އެކްސިޑެންޓުތަކުގެ އަދަދު ވަނީ 60އަށް އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް