ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 11:49
ބީޖޭޕީގެ ހެޑްކުއާޓަރގައި މިހާރުވަނީ އުފާފާޅުކުރަން ފަށާފައި
ބީޖޭޕީގެ ހެޑްކުއާޓަރގައި މިހާރުވަނީ އުފާފާޅުކުރަން ފަށާފައި
އިންޑިއާގެ އިންތިޚާބު
އިންޑިއާގެ އިންތިޚާބު: ބޮޑުވަޒީރު މޯދީގެ ބީޖޭޕީ ކުރީގައި
ނަތީޖާ ދައްކާ ގޮތުން ބީޖޭޕީ އަށް 300 އަށް ވުރެ ގިނަ ގޮނޑި ލިބޭނެ
މިހާރު ދައްކާ ނަތީޖާއަށް ބަލާއިރު ބީޖޭޕީ އަށް 317 ގޮނޑި
2،000 އަށް ވުރެ ގިނަ ޕާޓީ ހިމެނޭ ގޮތުން 8،000 ކެނޑިޑޭޓުން ވާދަކުރި

އިންޑިއާގެ އިންތިޚާބުގެ ވޯޓު ގުނުން ފަށާފައިވާއިރު މިހާތަނަށް ގުނިފައިވާ ވޯޓަށް ބަލާއިރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ކޯލިޝަނުން ކުރި ހޯދައިފިއެވެ.

ހަތް މަރުހަލާއަކަށް ބަހާލެވިގެން ކުރިޔަށް ގެންދާ އިންތިޚާބުގައި ވެރިކަން ކުރާ ބީޖޭޕީ އާއި އިދިކޮޅު މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް ވަނީ ސަރަހައްދީ ޕާޓީތަކުގެ ފަރާތުން ބޮޑު ގޮންޖެހުމެއް ކުރިމަތި ކޮށްފައެވެ.

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް 272 ގޮނޑި ބޭނުންވާނެއެވެ.

މިހާރު ދައްކާ ނަތީޖާއަށް ބަލާއިރު ބީޖޭޕީ އޮތީ 317 ގޮނޑި ހޯދާފައެވެ. ނަމަވެސް ވޯޓް ގުނޭ މިންވަރު އިތުރުވުމާ އެކު މި އަދަދު ދަށްވުން ވެސް އެކަށީގެން ވެއެވެ. ނަމަވެސް ވޯޓްގެ ޓްރެންޑް ހުރި ގޮތަށްބަލާއިރު ބީޖޭޕީ އިސްވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަނަށް 300 އަށް ވުރެ ގިނަ ގޮނޑި ލިބޭނެއެވެ.

މިހާރުގެ ބަދަލުވަމުންދާ ނަތީޖާއަށް ބަލާއިރު 114 ގޮނޑި ލިބެއެވެ. އެހެނިހެން ޕާޓީތަކާއި އަމިއްލަ ފަރާތްތަކަށް 112 ގޮނޑި ލިބެއެވެ

ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަދަކުރައްވާ ވަރްނާސީން އެ މަނިކުފާނު އުޅުއްވަނީ 20،000 ވޯޓާ އެކު ކުރީގައެވެ.

އެތައް ބަޔަކު ދެކޭ ގޮތުގައި މި އިންތިޚާބަކީ 2014 ވަނަ އަހަރު ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވި މޯދީއާމެދު ނެގިގެންދާ ފެންނަ ނުފެންނަ ވޯޓެކެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޯކް ސަބާގައި 545 މެންބަރުން ހިމެނޭއިރު، މީގެ ތެރެއިން 543 މެންބަރުންނަކީ އިންތިޚާބުކުރާ މެންބަރުންނެވެ. މި ގޮނޑިތަކަށް 2،000 އަށް ވުރެ ގިނަ ޕާޓީ ހިމެނޭ ގޮތުން 8،000 ކެނޑިޑޭޓުން ވާދަކުރެއެވެ.

ނުވަސަތޭކަ މިލިއަން މީހުނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބަކީ ދުނިޔޭގެ އެންމެ ބޮޑު އިންތިޚާބެވެ.

- ކޮމެންޓް