އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ އިތުބާރުނެތް ކަމަށް ފާސްކުރުމުގެ އަޑުތައް ޑިމޮކްރޭޓުންގެ ތެރޭގައި އަނެއްކާ ވެސް ގަދަވެއްޖެއެވެ.
ރައީސް ޓްރަމްޕްގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމުގެ ވާހަކަތައް އަނެއްކާ ވެސް ފެށިގެން ދިޔައީ ވައިޓް ހައުސްގެ ކުރީގެ ކައުންސެލް ގާނޫނުހަދާ މަޖިލީހަށް ހާޒިރުކުރަން ކުރި އަމުރަށް ނުކިޔަމަންތެރިވުމުންނެވެ.
ޑޮނަލްޑް މެގޭން ވަނީ، ރޮބަރޓް މުލަރގެ ރިޕޯޓާ ގުޅޭ ގޮތުން ސުވާލުކުުރުމަށް ހާޒިރުކުރުމަށް އޮތް ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގެންފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރީގެ ސްޓާފެއް ވިޔަސް އަދި މިހާރުގެ ސްޓާފަކުވިޔަސް ޑެމޮކްރޭޓުންގެ ކުރިމައްޗަށް ފޮނުއްވުން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.
ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނަންސީ ޕެލޯސީ ވަނީ ޓްރަމްޕްގެ އިތުބާރުނެތްކަމުގެ ވޯޓާ މެދު މަޝްވަރާކުރުމަށް ބުދަދުވަހަށް ޕާޓީގެ ބައްދަލުވުމެއް ރާއްވަވާފައެވެ.
ރައީސް ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ ސްޕެޝަލް ކައުންސެލް ރޮބަރޓް މުލަރގެ ރިޕޯޓާ އެކު، ރަޝިއާއާ އެކު ނުރަނގަޅު ގުޅުުމެއް އޮތް ކަމަށް ކުރި ތުހުމަތާއި އިންސާފު ގާއިމްކުުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުން ރައީސް ޓްރަމްޕް ސާފުވެވަޑައިގެންފައިވާއިރު އިތުރަށް ޖަވާބުދޭން ޖެހޭ ސުވާލެއް ނޯންނާނެ ކަމަށެވެ.