Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 17:34
މި އޮޕަރޭޝަންގައި ބަލާ ފާސްކުރި އުޅަނދު
މި އޮޕަރޭޝަންގައި ބަލާ ފާސްކުރި އުޅަނދު
އެމްއެންޑީއެފް
ބިދޭސީން
ދިވެއްސަކު ނެތި ދުއްވި ދޯންޏެއްގައި ތިބި ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ދޯނީގައި އެއްވެސް ދިވެއްސަކު ނެތް
ދޯނީގެ ނަންވެސް ޖަހާފައި ނެތް

ސ. ފޭދޫ އިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއްގައި ތިބި ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަމުން ގެންދާ ތަމްރީންތަކުގެ ތެރެއިން އަތުލަތް ގަތް ބިދޭސީންނާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ދޯނީގައި އެއްވެސް ދިވެއްސަކު ނެތް ކަމަށާއި، ދޯނީގެ ނަންވެސް ޖަހާފައި ނެތް ކަމަށެވެ. އަދި ދޯނީގެ ނަން އެނގޭ މީހަކު ވެސް އެ ދޯނީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިން

ދޯނި ހުއްޓުވުމަށް ފަހު ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ދޯނިން ދަތުރުކުރި އެއްވެސް މީހެއްގެ ވޯކް ޕާރމިޓް ނެތް ކަމަށާއި، ދޯނި މިހާރު އޮތީ ފޭދޫ ބަނދަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސ. ހުޅުމީދޫ ފެނަކައަށް ގެންދިޔަ 6000 ލީޓަރުގެ ޑީސަލް އެ ދޯނީގައި ހުރި ކަމަށާއި، މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ފުލުހުންނާއި އެމްއެންޑީއެފުން މިވަގުތު ކުރިއަށްގެންދަނީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯރޑިނޭޝަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްޓަކައި ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް