Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 08:52
ހުޅުމާލޭގައި ގޮއްވާލާފައިވާ ފުޅި
ހުޅުމާލޭގައި ގޮއްވާލާފައިވާ ފުޅި
ޕޮލިސް
ހުޅުމާލޭގައި އެއްޗެއް ގޮއްވާލުން
ހުޅުމާލޭގައި ފުޅިއެއް ގޮއްވާލައިފި
މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތް ކަމަށް ފުލުހުން ބުނޭ

ހުޅުމާލޭގައި ފުޅިއެއް ގޮއްވާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ 22:10 ހާއިރު އާންމު ފަރާތަކުން ހުޅުމާލޭގެ 16 ވަނަ ފްލެޓް ކައިރީގައި ބާރު ގަދަ އަޑެއް އިވުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ އިވުނު އަޑަކީ ބާރު ގަދަ އަޑެއް ކަމަށް އެ ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement

މި މައްސަލާގައި ފުލުހުން އިތުރަށް ބެލިބެލުމުން 16 އަދި 18 ވަނަ ފްލެޓް ދޭތެރޭގައި ފުޅިއެއް ގޮއްވާލާފައިވާ ކަމަށާއި ގޮއްވާލާފައިވާ ކުޑަ ފުޅިއަކީ ސަރފް ލިކުއިޑް އަޅައިގެން ގޮއްވާލި ފުޅިއެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް