ކ. މާލެ
|
20 މެއި 2019 | ހޯމަ 22:41
ރާއްޖެ އިޝްތިހާރު ކުރުމަށް އައިސްފައިވާ އިނގިރޭސިވިލާތުގެ މީޑިއާ ޓީމް
ރާއްޖެ އިޝްތިހާރު ކުރުމަށް އައިސްފައިވާ އިނގިރޭސިވިލާތުގެ މީޑިއާ ޓީމް
އެމްއެމްޕީއާރްސީ
ރާއްޖެ އިޝްތިހާރު ކުރުން
ރާއްޖެ އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ މީޑިއާ ޓީމެއް ރާއްޖެ އަށް!
ޖުމްލަ 5 ބައިވެރިން މި ޓީމްގައި ހިމެނޭ

ދިވެހި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ 19 މެއި އިން 25 މެއި ގެ ނިޔަލަށް ކަމަށާއި މި ދަތުރުގައި ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ވަކަރުފަޅި މޯލްޑިވްސް ، ލިޔެލާ ރިޓްރީޓް އަދި ސަން ސިޔާމް އިރުފުށީގައި ކަމަށެވެ. އަދި މި ދަތުރުގައި ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި، ރާއްޖޭގެ ސަގާފަތާއި، އަދި ދިވެހި ކެއުމުގެ ރަހަ ނޫސްވެރިންނަށް ދައްކާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޖުމްލަ ފަސް ބައިވެރިން ހިމެނޭ މި ޓީމުގައި ފެބުލަސް މެގަޒިން، ޓީއައި މީޑިއާ، ބެލް މެގަޒިން، ހީޓް މެގަޒިން އަދި ދަ ހޭންޑް ބުކްގެ ނޫސްވެރިން ހިމެނެއެވެ. ނޫސްވެރިން ރާއްޖޭގައި ކުރާ ތަޖުރިބާއާ ގުޅޭ ލިޔުންތައް ލިޔެ މީޑިޔާގައި ޝާއިރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

މިއީ ބައިނަލްއަޤްވަމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕިއާރުސީން ކުރިއަށްގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދެވަނަ ދަތުރެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗު މަހުގެ ނިޔަލަށް ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ.

- ކޮމެންޓް