ކ. މާލެ
|
20 މެއި 2019 | ހޯމަ 21:30
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެސްޓީއޯ
އެސްޓީއޯގެ ހިއްސާގެ ފައިދާ
އެސްޓީއޯގެ ހިއްސާގެ ފައިދާ ދޫކުރަން ފަށަނީ
2018 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58ރ ބަހަން ވަނީ ނިންމާފައި

މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ފާސްކުރި ހިއްސާގެ ފައިދާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރަމުންދާނޭ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ހިއްސާދާރުންނަށް އެސްޓީއޯގެ މައި އޮފީހުން ފައިސާ ބެހަމުންދާނެ ކަމަށެވެ. ހިއްސާގެ ފައިދާ ނެގުމަށް އަންނަ ފަރާތްތަކުން އައިޑީ ކާޑު، ނުވަތަ ހިއްސާގެ ސެޓްފިކޭޓް ގެންނަންޖެހޭ ކަމަށާއި ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އަށް 2018 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58ރ. ބަހަން ވަނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފައެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް އެސްޓީއޯ މުޅި ގްރޫޕްގެ ފައިދާ ހުރީ 30 މިލިއަން ރުފިޔާގައެވެ. އެގޮތަށް ދިމާވެފައި ވަނީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އަށް ލިބުނު 199 މިލިއަން ރުފިޔާގެ ގެއްލުންވުމުންނެވެ. މިދިޔަ އަހަރުގެ އާމްދަނީއަކީ 9.4 ބިލިއަން ރުފިޔާއެވެ.

އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އޮޑިޓަރަކަށް ކަނޑައަޅާފައި ވަނީ ކޭޕީއެމްޖީއެވެ. އެ ކުންފުންޏަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ 49،820 ޑޮލަރެވެ.

އެސްޓީއޯގެ 83.6 އިންސައްތަ ހިއްސާ ވަނީ ސަރުކާރުންނެވެ. އަނެއް 18.3 އިންސައްތައަކީ އާންމު ހިއްސާދާރުންނެވެ. އެ ކުންފުނީގައި 4،045 ހިއްސާދާރުން އެބަތިއްބެއެވެ.

- ކޮމެންޓް
20 މެއި 2019 | ހޯމަ 23:54
އެންމެ ފަހުގެ
މީހަކަށް ކިއްލިއެއްގެ މަގުން!