ކ. މާލެ
|
20 މެއި 2019 | ހޯމަ 16:01
މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގެ ތެރެއިން
މިދިޔަ އަހަރުގެ ބައިބަލާ މުބާރާތުގެ ތެރެއިން
މަސްއޮޑި
ބައިބަލާ 2019
މިފަހަރުގެ ބައިބަލާ މުބާރާތް- މޮޅުވާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމް
މުބާރާތް އޮންނާނީ މެރީބްރައުން ރެސްޓޯރަންޓު ފުރަގަހުގައި
ރަނަރ-އަޕް ޓީމަށް 40،000 ރުފިޔާ ލިބޭނެ

ކޮންމެ އަހަރެއްގެ ފިތުރުއީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ބައިބަލާ މުބާރާތް މިއަހަރު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ބައިބަލާ އެސޯސިއޭޝަންގެ ބޯޑް މެމްބަރ އަލީ ޝާން (ސަޓޯ) ވިދާޅުވީ، މިއަހަރުގެ ބައިބަލާ މުބާރާތުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި، އެގޮތުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުން މިހާރުން ފެށިގެން ޕްރެކްޓިސް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ބައިބަލާ ރިންގް އަޅައި ޕްރެކްޓިސް ކުރިއަށްދާއިރު، އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ވެސް މުބާރާތް އޮންނާނީ މެރީބްރައުން ރެސްޓޯރަންޓު ފުރަގަހުގައި ކަމަށް ސަޓޯ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަހަރުގެ މުބާރާތުން މޮޅުވާ ޓީމަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ހަަމަޖެހިފައިވާ ކަމަށާއި، ރަނަރ-އަޕް ޓީމަށް 40،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ހޮވާ "މިސްޓަރ ބައިބަލާ" އަށް މިފަހަރު 10،000 ރުފިޔާގެ އިނާމެއް ކަނޑައެޅިފައިވާ ކަމަށް ވެސް ސަޓޯ ވިދާޅުވިއެވެ. އޭގެ އިތުރުން، ފެއަރ ޕްލޭ ޓީމެއްގެ ގޮތުގައި ހޮވޭ ޓީމަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވެސް ވަނީ ކަނޑައެޅިފައެވެ.

މިފަހަރުގެ ބައިބަލާ މުބާރާތަށް ތައްޔާރު ވުމަށްޓަކައި ބައިބަލާ އެސޯސިއޭޝަންގެ މެމްބަރުން ދާދި ފަހުން ވަނީ މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި މުބާރާތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް