Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 15:42
ރައީސުލްޖުމްހޫރިއްޔާ ނައިފަރު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ނައިފަރު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ނައިފަރު ކައުންސިލް
ރައީސުލްޖުމްހޫރިއްޔާ ނައިފަރު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި
ރަށު ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ
ފެނާއި، ނަރުދަމާގެ މަޝްރޫޢު ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރު ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެރަށު ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާއިރު، ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ނައިފަރު ކައުންސިލްގެ ފަރާތުން ވަނީ އެކަން ރައީސްއާއި ހިއްސާ ކުރައްވާފައެވެ.

ކައުންސިލުން ހިއްސާކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ފެނާއި، ނަރުދަމާގެ މަޝްރޫއު ލަސްވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ރަށުގައި ޔޫތު ސެންޓަރެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން އެރަށުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

އޭގެ އިތުރުން، ރަށުގެ ބައެއް މުއައްސަސާތަކަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތައް ރައީސްއާއި ހިއްސާ ކުރައްވާފައިވާއިރު، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލާއި، ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވާފައެވެ.

ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިމިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް