ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 21:17
ސެންޗޫރިއަން ކުންފުނީގެ އަހަރީ އާންމު ޖަލްސާ
ސެންޗޫރިއަން ކުންފުނީގެ އަހަރީ އާންމު ޖަލްސާ
ޓްވިޓަރ
އަހަރީ އާންމު ޖަލްސާ
ސެންޗޫރިއަން ކުންފުނީގެ ހިއްސާއަކަށް 3.50ރ. ބަހަން ފާސްކޮށްފި
އާމްދަނީގެ ގޮތުގައި 132 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައި
ސާފު ފައިދާގެ ގޮތުގައި 26.7 މިލިއަން ރުފިޔާ ލިބިފައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމުކޮށް ހިއްސާ ވިއްކި އަމިއްލަ ކުންފުނި ކަަމަށްވާ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.50ރ. ބަހަން ފާސްކޮށްފިއެވެ.

އެ ކުންފުނިން މި ގޮތަށް ނިންމީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެ ކުންފުނީގެ ތިން ވަނަ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ވިޔަފާރީއަށް ބަލައި، ހިއްސާދާރުންގެ މެދުގައި ހިއްސާގެ ފައިދާ ބެހުމަށް ވޯޓަށް އަހާ، ހިއްސާދާރުންގެ މެދުގައި ނެގި ވޯޓުން ކުންފުނިން ފައިދާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބިފައިވާ ފައިދާގެ ތެރެއިން 50 އިންސައްތައެވެ. އަދި ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންގެ އެއްބަސްވުމަށް ފަހު ކުންފުނިން ވަނީ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ހިއްސާއަކަށް ތިން ރުފިޔާ ފަންސާސް ލާރި ބެހުމަށް ނިންމާފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ޗެއަރމަން އަހްމަދު މައުމޫން ވިދާޅުވީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައި ވަނީ، 15 މެއި 2019 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނަށެވެ.

މި ޖަލްސާގައި ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ ކުރީ އަހަރު ވެސް ކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޭޕީއެމްޖީއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 132 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައި ވެއެވެ. މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 58 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 26.7 މިލިއަން ރުފިޔާ ލިބިފައި ވާއިރު މިއީ 39%ގެ ކުރިއެރުމެކެވެ. ޓެކްސް ކަނޑާފައި ފައިދާގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކައެވެ. މިއީ 150 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރިޕޯޓުން ދައްކައެވެ.

- ކޮމެންޓް