ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 19:47
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އުރީދޫ
އުރީދޫ
ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓްގައި އުރީދޫ
ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ ގިންތިކޮށްފައިވަނީ 41 ވަނައިގައި

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓްގައި އުރީދޫ ހިމެނިއްޖެއެވެ.

ޓެލެކޮމްގެ ރިޕޯޓްގައި އުރީދޫ 3.779 ބިލިއަން ޑޮލަރުގެ ބްރޭންޑް ވެލިއުގައި، ގިންތިކޮށްފައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގެ 41 ވަނައިގައެވެ. ގަތަރުގެ ކުންފުންޏެއް ކަމަށްވާ އުރީދޫ ގުރޫޕު މިދިޔަ އަހަރު ހިމެނިފައިވަނީ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ 43 ވަނައިގައެވެ.

އުރީދޫ ގުރޫޕް އަނެއްކާ ވެސް ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓްގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގެ ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށް އުރީދޫ ގްރޫޕަށް ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވިއެވެ. އަދި އުރީދޫގެ ހިދުމަތް އިތުރަށް ބޮޑުކޮށް ފުޅާކޮށް އާ ކަސްޓަމަރުންނާއި އާ މާކެޓްތަކަށް ޒަމާނީ ޓެކްޓޮލޮޖީގެ އުފެއްދުންތަކާ އެކު ނުކުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، މި މުއްދަތުގައި އުރީދޫ ބްރޭންޑުގެ ރޭޓިން ވަނީ "އޭއޭ ޕްލަސް" އަށް އަރައިފައެވެ. އޭއޭ ޕްލަސްއަކީ އެންމެ ވަރުގަދަ ބްރޭންޑުތަކަށް ލިބޭ ރޭޓިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް