ކ. މާލެ
|
17 މެއި 2019 | ހުކުރު 16:46
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެސްޓީއޯ
އެސްޓީއޯ އަހަރީ އާންމު ޖަލްސާ
އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ނިންމައިފި
އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވޭ
ކުންފުނީގެ އޮޑިޓަރަކަށް ކަނޑައަޅާފައިވަނީ ކޭޕީއެމްޖީ
އެސްޓީއޯގެ ހިއްސާދާރުންގެ އަދަދަކީ 504

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް 2018 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 58ރ ބަހަން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް އެސްޓީއޯ މުޅި ގްރޫޕްގެ ފައިދާ ހުރީ 30 މިލިއަން ރުފިޔާގައެވެ. އެގޮތަށް ދިމާވެފައި ވަނީ އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އަށް ލިބުނު 199 މިލިއަން ރުފިޔާގެ ގެއްލުންވުމުންނެވެ. މިދިޔަ އަހަރުގެ އާމްދަނީއަކީ 9.4 ބިލިއަން ރުފިޔާއެވެ.

އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އޮޑިޓަރަކަށް ކަނޑައަޅާފައިވަނީ ކޭޕީއެމްޖީއެވެ. އެ ކުންފުންޏަށް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ 49،820 ޑޮލަރެވެ.

އެސްޓީއޯގެ 83.6 އިންސައްތަ ހިއްސާ ވަނީ ސަރުކާރުންނެވެ. އަނެއް 18.3 އިންސައްތައަކީ އާންމު ހިއްސާދާރުންނެވެ. އެ ކުންފުނީގައި 4،045 ހިއްސާދާރުން އެބަތިއްބެއެވެ.

މި ޖަލްސާއަށް ހާޒިރުވި އެސްޓީއޯގެ ހިއްސާދާރުންގެ އަދަދަކީ 504 ހިއްސާދާރުންނެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނިން ބުނެފައި ވަނީ ޝިޕިން ވިޔަފާރިއަށް ނުކުންނަން މަސައްކަތް ކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް