Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 11:27
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައްދަލުކުރެއްވުން
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބައްދަލުކުރެއްވުން
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓަރ
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި

އެމެރިކާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް އާއި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި ބައްދަލުކުރައްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި މި ބައްދަލު ކުރެއްވެވުމުގައި އެމެރިކާގެ ސަފީރު ވިދާޅުވީ، ދިވެހިރާއްޖެއާއި ރާއްޖެ ހިމެނޭ ސަރަހައްދުތަކަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިނިސްޓަރ ވަނީ ދިވެހި ސިފައިން ތަމްރީނު ކުރުމާއި، އެނޫންވެސް ކަންކަމުގައި އެމެރިކާއިން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. 

އޭގެ އިތުރުން، ދިވެހި އަސްކަރިއްޔާއިން ދަނީ އަދުގެ ހާލަަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އަަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) ގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް އަބްދުލް މަތީން އަހުމަދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް