ކ. މާލެ
|
8 މެއި 2019 | ބުދަ 23:27
ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަލުން އަރޗީ ދައްކާލަނީ
ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަލުން އަރޗީ ދައްކާލަނީ
ދި ޓެލެގްރާފް
ހެރީ އާއި މޭގަން
ހެރީ އާއި މޭގަންގެ ފިރިހެން ދަރިކަލުންގެ ނަމަކީ އަރޗީ!
އަލަތު ފިރިހެން ދަރިކަލުންނަށް މަރުހަބާ ދަންނަވާފައި ވަނީ ހޯމަ ދުވަހު
ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރު

އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ކަމަށްވާ ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އަލަތު ފިރިހެން ދަރިކަލުންނަށް ހޯމަ ދުވަހު މަރުހަބާ ދަންނަވާފައިވާއިރު ދަރިކަލުންގެ ނަމަކީ އަރޗީ ހެރިސަން މައުންޓްބަޓެން ވިންޑްސޯ ކަމަށް އިއުލާން ކުރައްވައިފިއެވެ.

ވިންޑްސޯ ކާސަލްގައި ހުރި ސެއިންޓް ޖޯޖް ހޯލްގައި ޕްރިންސް ހެރީ އާއި މޭގަން ވަނީ ދަރިކަލުން އަރޗީ ދައްކާލާފައެވެ. އެ ހޯލްގައި ވާހަކަފުޅު ދައްކަވަމުން މޭގަން ވިދާޅުވީ އެކަމަނާ އަށް ދުނިޔޭގެ އެންމެ ރަނގަޅު ދެ ފިރިހެނުން ލިބިވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން އެކަމާ ވަރަށް ބޮޑަށް ވެސް އުފާ ކުރައްވާ ކަމަށެވެ.

މި ހޯލްގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ހެރީ ވިދާޅުވީ ދަރިކަލުން ބޮޑުވަމުން އަންނަވަރަކަށް އޭނާއާ އެއްކޮށް ވަރަށް އަގުހުރި ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. މީޑިއާތަކާ ބައްދަލުކުރެއްވި އިރު ހެރީ ހުންނެވި ވަރަށް ސަމާސާ މޫޑެއްގައިކަން ފާހަގަކުރެވެއެވެ. ހެރީ ވަނީ ދަރިފުޅުގެ "ފޭޝަލް ހެއާރ" މިހާރުއްސުރެ ހުރި ކަމަށް ބުނެ ސަމާސާ ކުރައްވާފައެވެ.

މޭގަން ވަނީ އެ ހޯލަށް ވަޑައިގެން ތިއްބެވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ، އެމީހުން ދިން ހެޔޮ ދުއާތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި 19 ވަނަ ދުވަހު ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ. ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް