Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 16:53
މުހުޖަތު އަހްމަދު ނާސިހް (ކ) އަދި މުހައްމަދު މައިމޫން
މުހުޖަތު އަހްމަދު ނާސިހް (ކ) އަދި މުހައްމަދު މައިމޫން
ޕޮލިސް
މުހީތުގެ މަރު
މުހީތުގެ މަރު: ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުރި

އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކޮށްފައިވެއެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުއެވެ.

ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ވަނީ މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އެހެންނަމަވެސް އެ ދެމީހުންގެ މައްޗަށް ހުކުމް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަލީ މުޝައްފާއުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުށްފައިވާއިރު އޭގެ ތެރެއިން ދެ މީހަކު މެރުމަށް އެ ކޯޓުން ހުކުމް ކޮށްފައި ވެއެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 މެއި 2019 | ބުރާސްފަތި 03:57
މާސް
ރާއްޖޭގައި ބޯދިގުކޮށްގެންއުޅޭ ހުރިހާ މީހުންތައް އެއްރަށަކަށް ފޮނުވާފައި ބައިތިއްބަން ފެނޭ އަދި އެވެރިންނަށް މަސްތުވާތަކެތި ދީ އަވަހަށް ނައްތާލެވޭފަދަމަގެއްވެސް ފަހިކުރަން ފެނޭ
8 މެއި 2019 | ބުދަ 18:28
އަތޮޅު މީހާ
މި ކޯޓުތަކުން ދުވަހަކުވެސް ހުކުމެއް އިއްވައިގެން އިންސާފު ގާއިމްނުކުރެވި އުޅެނިކޮއް އެހެންމީހަކު މަރާލާތަން ފެންނާނީ މިކޯ ޓު ތަކައްވާ ސަލާން