Advertisement
ކ. މާލެ
|
7 މެއި 2019 | އަންގާރަ 20:32
ސްރީލަންކާ
ސްރީލަންކާ
ގޫގުލް
ރެސިޑެންސް ވިސާ
ރެޒިޑެންސް ވިސާގައި ލަންކާގައި ތިބެން ބޭނުންވާ ދިވެހިން ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން ވިސާ ނަގާ ގޮތަށް އުސޫލު ބަދަލުކޮށްފި
މި އުސޫލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހު

އަލަށް ސްރީލަންކާގައި ރެޒިޑެންސް ވިސާގައި ތިބެން ބޭނުންވާ ދިވެހިން، ރާއްޖޭގައި ހުންނަ ސްރީލަންކާ އެމްބަސީން ވިސާ ނަގަންޖެހޭ ގޮތަށް އުސޫލު ބަދަލު ކޮށްފިއެވެ.

ކުރިން މި ވިސާ ނެގުމަށްޓަކައި ދިވެހިން އޮން އެރައިވަލް ވިސާގައި ލަންކާ އަށް ދަތުރުކުރުމަށް ފަހު ލަންކާގައި ތިބެގެން ރެޒިޑެންސް ވިސާއަށް ހުށަހަޅަނީއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ޑިރެކްޓަރ ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ މި އުސޫލު މިގޮތަށް ބަދަލު ކުރިޔަސް މިހާރު ލަންކާގައި ރެސިޑެންސް ވިސާގައި ދިރިއުޅުމެންދާ ދިވެހިންނަށް އަސަރު ނުކުރާނެ ކަމަށާއި އެ މީހުންނަށް ލަންކާ އިން އަދިވެސް އެ ވިސާ ރިއުނިއު ކުރެވޭނެ ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ މި އުސޫލުގެ ސަބަބުގެ އޮން އެރައިވަލް ވިސާއަށް ބަދަލު ނާންނާނެ ކަމަށާއި މި އުސޫލަކީ ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައި ގިނަ ޤައުމުތަކަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެހެން ގިނަ ޤައުމުތަކުން ވެސް މި އުސޫލަށް އަމަލު ކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

މިއުވާން އިތުރަށް ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބުދަ ދުވަހު ލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާނެ ކަމަށާއި އަދި މިކަމުގެ މައްޗަށް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

މި އުސޫލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް