ކ. މާލެ
|
6 މެއި 2019 | ހޯމަ 01:01
މައިތރިޕާލަ ސިރިސޭނަ
މައިތރިޕާލަ ސިރިސޭނަ
ހިންދުސްތާނީ ޓައިމްސް
ލަންކާ ބޮމުގެ ހަމަލާ
އިންތިހާބުގެ ކުރިން ލަންކާ ހަމަޔަށް އެޅޭނެ: ސިރިސޭނަ
 
އެންޓީޖޭ އަށް ނިސްބަށްވާ 30 އަދިވެސް ތިބި ކަމަށް ވިދާޅުވި

މި އަހަރު ފަހުކޮޅު ގައި ބާއްވާން ހަމަޖެހިފައިވާ ސްރީލަންކާގެ އާއްމު އިންތިހާބުގެ ކުރިން އެގައުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ވެގެންދާނެ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ސިރިސޭނަ ވިދާޅުވީ، ލަންކާއަށް ދިން ހަމަލާއަށް ފަހު ޓެރަރިޒަމް ނައްތާލުމުގެ މަސައްކަތް ސިފައިންގެ ފައުޖުތަކުން ކުރަމުން އަންނަ ކަމަށެވެ.

އެއްވެސް ޝައްކެތް ނެތް ގޮތުގައި ލަންކާ އަށް ދިން ހަމަލާގެ ފަހަތުގައި އޮތީ އައިއެސް ޖަމައަތް ކަމަށް ހުދު އެ ޖަމާއަތުން ބުނެފައިވާއިރު, އެކަމާމެދު އެއްވެސް ބަޔަކު އިތުރަށް ޝައްކު ކުރަން ނުޖެހޭ ކަމަށް ސިރިސޭނަ ވިދާޅުވިއެވެ. އަދި އިންތިހާބު ލަސްނުވާނެކަމުގެ ޔަގީން ކަން ސިރިސޭނަ ވަނީ ދެއްވާފައެވެ.

ރައީސް ސިރިސޭނަ ވިދާޅުވީ، ހަމަލާ ދިން ޖަމާއަތާ ގުޅުން އޮންނަ ހުރިހާ އެންމެން ދެނެގަނެވިފައިވާ ކަމަށެވެ. ހަށި ގޮއްވާލައިގެން ފާއިތުވި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ހަމަލާދީފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ މުސްލިމް ޖަމައަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމައަތުންނެވެ. ހަމާލާގައި ޖަމާއަތުގެ ލީޑަރު ޒަހްރާން ހާޝީމްވެސް މަރުވެފައިވާކަމަށް ލަންކާގެ ފުލުހުން ވަނީ ބުނެފައެވެ.

ސިރިސޭނަ ވިދާޅުވީ، އެ ޖަމާއަތުގެ 25 ނުވަތަ 30 މީހުން އަދިވެސް އެބަތިބި ކަމަށެވެ. ޓެރަރިޒަމްއަކީ ހަމައެކަނީ ލަންކާއަށް ދިމާވެފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ސިރިސޭނަ ވިދާޅުވީ، އެއީ ބައިނަލް އަގްވާމީ އެހެން ގައުމުތަކަށްވެސް ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށެވެ.

އެމެރިކާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް، އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުންވެސް އައިއެސްގެ ބިރުވެރިކަން އެއްކޮށް ފޮހެނުލެވޭ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް