Advertisement
ކ. މާލެ
|
5 މެއި 2019 | އާދީއްތަ 10:29
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
މަގުތައް ބެލެހެއްޓުން
ރޯދަ މަހު މިސްކިތްތަކާއި ބާރުބޮޑު ސަރަހައްދުތައް ފުލުހުން ބަލަހައްޓަނީ
މާލޭގައި ބާރުބޮޑު 15 ސަރަހައްދެއް ފާހަގަކުރެވޭ

ރޯދަ މަހަށް ޚާއްސަކޮށްގެން މިސްކިތްތަކާއި ބާރުބޮޑު އެކި ސަރަހައްދުތައް ބަލަހައްޓަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ހެޑް އޮފް ޓްރެފިކް ޕޮލިސް ޔުނިޓް މުހައްމަދު ލުތުފީ ވިދާޅުވީ ނަމާދު ގަޑިތަކުގައި މިސްކިތްތައް ކައިރީގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި، އެނޫންވެސް ބާރުބޮޮޑު ސަރަަހައްދުތައް ފުލުހުން ބަލަހައްޓާނެ ކަމަށެވެ. އެގޮތުން މާލެއަށް ބަލާއިރު، ބާޒާރުމައްޗާއި މަޖީދީ މަގާއި، ސޯސަން މަގުގެ އެކި ސަރަހައްދުތަކުން ބާރުބޮޑު 15 ސަރަހައްދެއް ފާހަގަކުރެވޭ ކަމަށާއި،  ރޯދަ މަހުގައި އެ ތަންތަނުގެ ޓްރެފިކް މައްސަލަތައް ހައްލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އޭގެ އިތުރުން، ހަވީރީ ހިނގުމުން ފެށިގެން ބާޒާރުމައްޗަށް ނުކުމެވެން ހުންނަ ގޯޅިތަކަށާއި ބޮޑުތަކުރުފާނު މަގުން ހަވީރީ ހިނގުމާ ހަމައަށް ނުކުންނަން ހުންނަ ގޯޅިތައްވެސް ރޯދަމަހަށް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށާއި، އެ ސަރަަހައްދުތައް ޕެޓްރޯލްކޮށް އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން ރޯދަ މަހު މެންދުރު 12:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށް ލުތުފީ ވިދާޅުވެފައިވެއެވެ. 

" 12:30 އިން ފެށިގެން ނޯމަލް ޓްރެފިކިންގެ އެއްވެސް އެއްޗަކަށް ފުރުސަތެއް ނުދޭނަން. ހަމައެކަނި އެ ސަރަހައްދަށް ލޯޑިން ނުވަތަ އަންލޯޑިން ވެހިކަލްތަކަށް ވަދެވޭނެ. ނޫނީ ބާޒަރުމަތި ބޭނުން ކުރަން އަންނަ ވެހިކަލްތަކަށް ނޫނީ ފުރުސަތެއް ނުދޭނަން" ލުތުފީ ވިދާޅުވިއެވެ. 

ރޯދަ މަހަށް ޚާއްސަކޮށްގެން ފުލުހުންގެ މަސައްކަތްތައް ވަރުގަދަ ކޮށްފައިވާއިރު، ޓްރެފިކް ފުލުހުންނާއި ނެއިބަރހުޑް ފުލުހުން މެދުވެރިކޮށް މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް