ކ. މާލެ
|
5 މެއި 2019 | އާދީއްތަ 10:28
އުރީދޫ އިން ބޭއްވި ހަފްލާގެ ތެރެއިން
އުރީދޫ އިން ބޭއްވި ހަފްލާގެ ތެރެއިން
އުރީދޫ
އުރީދޫ
ފުރަތަމަ ގިގަބިޓް ފުވައްމުލަކުގައި އުރީދޫ އިން ގާއިމްކޮށްފި
5 ޖޫން 2019 ގެ ކުރިން ޚިދުމަތް ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ އޮފަރތަކެއް ތައާރަފުކޮށްފައި

އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ޙިދުމަތް ތައާރަފު ކޮށްފިއެވެ.

މި ޚިދުމަތް ތައާރަފު ކުރެވިގެން ދިއުމާއެކު އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި، ފުވައްމުލަކު ވެގެންދަނީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށެވެ. ޓެކްނޮލޮޖީގެ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް، އުރީދޫ ސުޕަރނެޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

"ފުވައްމުލައް ސިޓީ އަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ، ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއް. މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަރނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ ސުޕަރނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބިގެންދާނެއެވެ. އަދި ސުޕަރނެޓްގެ ޚިދުމަތް މި ސިޓީގައި ތައާރަފު ކުރުމުގެ އުފަލުގައި، 5 ޖޫން 2019 ގެ ކުރިން ޚިދުމަތް ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ އޮފަރތަކެއް ތައާރަފުކޮށްފައެވެ.

މި އޮފަރތަކުގެ ދަށުން ކޮންމެ ޕެކޭޖެއް ޚިޔާރު ކުރެއްވި ކަމުގައިވީ ނަމަވެސް  ހަ މަސް ދުވަހުގެ މުއްދަތަށް، މަދުވެގެން 20 އެމްބީޕީއެސް ޕްކޭޖުގެ ސްޕީޑު ފޯރުކޮށްދިނުމާއި ހަމަސް ދުވަހުގެ މުއްދަތަށް، އެމޭޒަން ޕްރައިމް ވީޑިއޯ މެމްބަރޝިޕް ހިލޭ ފޯރުކޮށްދެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ފުވައްމުލަކުގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައެވެ.

2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަރނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދޭނެ ކަމަށާއި މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭ ގޮތަށް އޮޕްޓިމައިޒް ކުރެވިފައި ކަމަށް އުރީދޫ އިން އިތުރަށް ބުނެއެވެ.

އުރީދޫގެ ސުޕަރނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް، އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ އާއި ދިގު މުއްދަތަކަށް ޙިދުމަތް ޚިޔާރު ކުރެއްވުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތައް ލިބޭ ސޭވަރ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭނުންތެރި އީޖާދީ ޙިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ސުޕަރނެޓްގެ ޚިދުމަތް، ނުވަތަ ފުވައްމުލަކުގެ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އުރީދޫ އިން ތައާރަފް ކޮށްފައިވާ ތަފާތު އޮފަރ ތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް