Advertisement
ކ. މާލެ
|
3 މެއި 2019 | ހުކުރު 13:33
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ރޯދަމަހުގެ ބަރަކާތް ލިބިގަތުމަށް ކުރަންޖެހޭ ކަންކަން މިއަދުގެ ހުކުރު ޚުތުބާގައި
ތައުބާ ވުމަކީ ވަރަށް މުހިއްމު ކަމެއް
ނަމާދު އަދާކޮށް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ގޮވާލާފައިވޭ

ރޯދަމަހަށް ތައްޔާރުވެ އެމަހަށް އިސްތިޤުބާލު ކުރުމަށް ކުރަންޖެހޭ ކަންކަމުގެ މައްޗަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފިއެވެ. 

"ރޯދަމަހަށް އިސްތިޤުބާލު ކުރުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ރޯދަމަހަށް ތައްޔާރުވުމަށްޓަކައި ތައުބާވުމަކީ އެންމެ މުހިއްމު އެއްކަން ކަމަށާއި، ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އަދި މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމަށް މާފަށް އެދެން ޖެހޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ޝަރީއަތުގައި ތައުބާގެ މާނައަކީ ކަމެއް ކުރުމުން ކުރެވުނު ކުށެއް ނުވަތަ ފާފައެއް ދޫކޮށްލުން، އެކުށަކާމެދު ދެރަވެ ހިތާމަކުރުން، ދުވަހަކުވެސް އެފަދަ ފާފައެއް ނުކުރުމަށް ﷲ ގެ ހަޟްރަތުގައި އަޒުމު ކަނޑައެޅުން، މި ތިން ޝަރުތު ފުރިހަމަ ކުރުމުން އަޅާއާއި ﷲ އާ ދެމެދުގައި ވާނަމަ ވާހައި ފާފައެއް ﷲ ފުއްސަވާނެތެވެ، ނަމަވެސް މީހެއްގެ ހައްޤަކަށް އަރައިގެންފައިވާނަމަ އެމީހެއްގެ ކިބައިން މާފަށް އެދެން ޖެހޭނެއެވެ" ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ރޯދަމަހުގެ ބަރަކާތް ފުރިހަމައަށް ލިބިގަތުމަށް ދެވަނައަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ފަރުޟު ކުރެވިފައިވާ ރޯދަތަށް ބަރާބަރަށް ހިފުން ކަމަށާއި، ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނުންގެ މެދުގައި ތަޤުވާވެރިކަން އިތުރު ކުރުން ކަމަށެވެ. އަދި އެއަށްފަހު އެންމެ އިސްކަމެއް ދޭންޖެހޭނީ ކީރިތި ޤުރުއާން ކިއެވުމުގައި ވީހާވެސް ގިނަ ވަގުތެއް ހޭދަ ކުރުމަށް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"ތިން ވަނައަށް ކުރަންޖެހޭ ކަމަކީ ކީރިތި ޤުރުއާން ކިއެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުން، މި މައްސަރު މާތް ކުރެވުނު އެންމެ ބޮޑު އެއްސަބަބު ކަމުގައި ވަނީ ކީރިތި ޤުރުއާން މި މައްސަރުގައި ބާއްވައިލެއްވުން، ކީރިތި ޤުރުއާނަކީ ނަސޭހަތެއް، ޝިފާއެއް، ރަހުމަތެއް އަދި ހިދާޔަތެއް، ކީރިތި ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ސަވާބާއި ދަރުމަ 10 ގުނަ އިތުރުވެގެންވޭ." ޚުތުބާގައި ބުނެފައިވެއެވެ. 

އޭގެ އިތުރުންވެސް، ތަރާވީސް ނަމާދު ޖަމާއަތުގައި އަދާ ކުރުމަށް މަސައްކަތް ކުުރުމާއި، ދުއާ ކުރުމާއި، ރޭއަޅުކަމުގައި ހޭދަކޮށްގެން ރަމަޟާން މަހުގެ ބަރަކާތް ހާސިލުކުރެވޭނެ ގޮތްތަކުގެ މައްޗަށްވެސް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް