ކ. މާލެ
|
3 މެއި 2019 | ހުކުރު 08:00
މައިމުން ތުއަން މަތް
މައިމުން ތުއަން މަތް
ޓްވިޓަރ
މޭލޭޝިއާގެ އުއްތަމަ ފަނޑިޔާރު
މެލޭޝިއާގެ އުއްތަމަ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު
 
ޝަރުއީ ދާއިރާއަށް ނުކުންނެވީ 2006 ވަަނަ އަހަރުން ފެށިގެން
 
އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގެންނެވީ އުމުރުފުޅުން 60 އަހަރުގައި
 
އެކަމަނާ ވަނީ ތިން ކޯޓެއްގައި މަސައްކަތްޕުޅު ކުރައްވާފައި

މެލޭޝިއާގެ އެއްމެ މަތީ ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މެލޭޝިއާގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ އުމުރުން 60 އަހަރުގެ މައިމުން ތުއަން މަތުއެވެ. މެލޭޝިއާގެ ބޮޑު ވަޒީރުގެ އޮފީހުން ބުނީ، ބޮޑު ވަޒީރުގެ ލަފާފުޅުގެ މަތިން، ރަސްގެފާނު ރުހުން ދެއްވުމުން ގާނޫނާއި ގަވާއިދުގެ މަތިން އެކަމަނާ އެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެކަމަނާ ވަނީ ތިން ކޯޓެއްގައި މަސައްކަތް ކުރައްވާފައެވެ. އެއީ، ކުއަލަލަމްފޫރު ހައި ކޯޓު، ޝާހް އަލަމް ހައިކޯޓުގެ އިތުރުން ފެޑެރަލް ކޯޓެވެ. ޔުނިވާސިޓީ މެލެޔާއިން ތައުލީމް ހާސިލް ކުރެއްވި ތުއަން އެންމެ ފުރަތަމަ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވީ ކުއަލަލަމްޕޫރް ހައިކޯޓުގައެވެ. އެ ކޯޓުގައި އަހަރެއްހާ ދުވަސް ވަންދެން އެކަމަނާ ފުރުއްވެވީ ޖުޑީޝަލް ކޮމިޝަނަރގެ މަގާމެވެ. 

އާ އުއްތަމަ ފަނޑިޔާރަކު މެލޭޝިޔާގައި އައްޔަންކޮށްފައި ވަނީ އެ މަގާމު ފުރުއްވަމުން ގެންދެވި ރިޗަޑް މަލަންޖުމް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ މަގާމުން މުސްކުޅި ކުރެއްވުމާ ގުޅިގެންނެވެ. ރިޗަޑް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި 10 މަސް ތެރޭގައި އެމަނިކުފާނު ވަނީ، އެގައުމުގެ ޝަރުއީ ދާއިރާއަށް ބޮޑެތި އިސްލާހުތަކެއް ގެންނަވާފައެވެ.

މެލޭޝިއާގެ ގައި ފަނޑިޔާރުން މުސްކުޅިކުރައްވާ އުމުރަކީ 66 އަހަރެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ތިން ވަނަ އަހަރު އިނގިރޭސިންގެ ދަށުން މިނިވަންވުމަށް ފަހު މެލޭޝިއާގައި އުއްތަމަ ފަނޑިޔާރު ކަން ކުރައްވާފައިވާ 15 ބޭފުޅުންނަކީ ވެސް ފިރިހެނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
3 މެއި 2019 | ހުކުރު 06:18
ސސ
މެލޭޝިޔާ ކަލަ ތަފާތު ދީން ތަކުގެ މައްޗަށް އެކުލެވިފައިވާ ފެޑެރަލް ޕާލިމެންޓްރީ ސިސްޓަމަކަށް އޮންނަށް ވިރާސީ ރސްކަމުގެ ނިޒާމެއް އޮންނަ ތަނެއްގައި ތިޔައީ ވެސް ރަގަޅު ގޮތެއްތާ !
ގުޅުންހުރި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހުން 7 ދުވަހަށް ބަންދު
3 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ، ޑްރޯން ބޭނުންނުކުރާ ސަބަބު ސާފެއްނުކޮށްދިން
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި