ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 23:10
ހައްޔަރު ކުރި ރޮއިޓާސްގެ ނޫސްވެރިޔާ ސިއްދީގީ އަހްމަދު ދަނިޝް
ހައްޔަރު ކުރި ރޮއިޓާސްގެ ނޫސްވެރިޔާ ސިއްދީގީ އަހްމަދު ދަނިޝް
ގޫގުލް
ލަންކާގެ ބޮމުގެ ހަމަލާތައް
ލަންކާގައި ރޮއިޓާސްގެ ނޫސްވެރިއަކު ހައްޔަރު ކޮށްފި
 
ސްކޫލަށް ވަނީ މަރުވި ކުއްޖަކުގެ މައުލޫމާތު ހޯދުން
 
މޭ 15 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައި

ލަންކާ އަށް ދިން ބޮމުގެ ހަމަލާގައި މަރުވި ކުއްޖެއްގެ މައުލޫމާތު ހޯދުމަށް ނެގަމްބޯގެ ކަޓަނާގެ ސްކޫލަކަށް ގަދަކަމުން ވަންނަން އުޅުނު ދުނިޔޭގެ މަޝްހޫރު ރޮއިޓާސް ނޫސް އެޖެންސީގެ ނޫސްވެރިޔަކު ހައްޔަރުކޮށް މޭ 15 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބަހައްޓަން ނެގަމްބޯ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

އިންޑިއާގައި ގާއިމްވެގެން ހުންނަ އިރާނަށް އުފަން ރޮއިޓާސްގެ ނޫސްވެރިޔާ ސިއްދީގީ އަހްމަދު ދަނިޝް ހައްޔަރު ކޮށްފައިވަނީ، ބުރާސްފަތި ދުވަހު މެންދުރުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އެމެޖެންސީ ހޮޓްލައިން އަށް ލިބުނު ކޮމްޕްލެއިންއަކާ ގުޅިގެންނެވެ.

ދަނިޝް އިންޑިއާ އިން ލަންކާ އަށް ގޮސްފައި ވަނީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން ކަމަށް ލަންކާގެ އަދަދެރަނަ ނޫހުން ރިޕޯޓްކުރެއެވެ. 

އޭނާ ނެގަމްބޯގެ ސްކޫލަށް ވަންނަ އުޅުނީ، އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ނެގަމްބޯގެ ސެއިންޓް ސެބެސްޓިއަން ޗާޗަށް ދިން ހަމަލާގައި މަރުވި ކަޓަނަ ސްކޫލުގެ ކުއްޖަކުގެ މައުލޫމާތު ހޯދަންވެގެންނެވެ.

މަސްވެރިކަމަށް މަޝްހޫރު ނެގަމްބޯގެ ސެބެސްޓިއަން ޗާޗަށް ހަށިގޮއްވާލައިގެން ދިން ހަމަލާގައި 93 މީހަކު ވަނީ މަރުވެފައެވެ. އަދި އޭގެ ތެރޭގައި 45 ކުޑަކުދިން ވަނީ މަރުވެފައެވެ.

އެ ޗާޗްގައި ބޮންގޮއްވާލާފައި ވަނީ މުހައްމަދު ހަސްތުންކިޔާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަސްތުން އަކީ ބެޓިކަލޯއާ ޗާޗްގައި ބޮންގޮއްވާލީ މުހައްމަދު އާޒާތުގެ ބޭބެއެވެ. މި ފަހުގެ ތާރީހުގައި ލަންކާ އަށް ދިން އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާގައި 260 މީހަކު ވަނީ މަރުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް