Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 18:50
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން
ރާއްޖެއެމްވީ
މަސައްކަތްތެރިންގެ ދުވަސް
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވައިފި
މި ހިނގާލުން ފަށާފައިވަނީ 4:30 ގައި، ރަސްފަންނު ސަރަހައްދުން

މިއަހަރުވެސް ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަކުރުމަށް، މަސައްކަތްތެރިން ހުރި ކަންބޮވުންތަކާއެކު ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ބުދަ ދުވަހުގެ ހަވީރު 4:30 ގައި، ރަސްފަންނު ސަރަހައްދުން ފަށާފައިވާއިރު ހިނގާލުން ނިންމާލާފައިވަނީ ކާނިވާ ސަރަހައްދަށެވެ.

މި ހިނގާލުމުގައި ގިނަ ދާއިރާތަކުގައި ހަރަކާތްތެރިވާ މަސައްކަތްތެރިން ބައިވެރިވެފައެވެ. އެގޮތުން ޓީޗަރސް އެސޯސިއޭޝަނުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތާއި، މަސްވެރިންނާއި، ބޯޓު ދަތުރުކުރާ ފަރާތްތަކާއި، ޕޯޓްގައި މަސައްކަތްކުރާ ޕޯޓް ވޯކާރސް ޔޫނިއަންގެ މަސައްކަތްތެރިން ވަނީ ބައިވެރިވެފައެވެ.

ހިނގާލުމުގެ ބައިވެރިން ވަނީ ބެނަރތަކާއި ބޯޑުތައް ހިފައިގެން ވަނީ ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން މުވައްޒަފުންނަށް މިނިމަމްވޭޖެއް ކަނޑައެޅުމާއި މުވައްޒަފުންގެ ހައްޤުތައް ހިމާޔަތްކޮށްދިނުމުގެ އިތުރުން ބިދޭސީ މުވައްޒަފުންނާއި ދެތެރޭގައި ވެސް އިހާނެތިކޮށް ކަންތައް ނުކުރުމަށް ހިނގާލުމުގެ ބައިވެރިން ވަނީ އަޑު އުފުލާފައެވެ.

މި ހިނގާލުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި މަސައްކަތްތެރިންނާއިމެދު އިހުމާލުވެފައިވާ ކަމަށާއި ޤާނޫނުން މަސައްކަތްތެރިންނަށް ލާޒިމްކޮށްފައިވާ ހައްޤުތަށް މިއަދާ ހަމައަށް އައިރު ކަށަވަރުވެފައިނުވާ ކަމަށެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ އަދަދަކީ 23،468 އެވެ. އޭގެ ތެރޭގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ އަދަދަކީ 9،123 އެވެ. އަދި އަންހެން މުވައްޒަފުންގެ އަދަދު ގިނައިރު ޖުމްލަ އަދަދަކީ 14،525 އަންހެން މުވައްޒަފުންނެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް